ކުރިއަށް އޮތް ރޯދަމަހަށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދޭން ނިންމި މަސް ދަޅު ކޭސް މާލެ ސަރަަހައްދުގައި އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން ބަހަން އެސްޓީއޯ އިން ނިންމައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ގޮތަށް ކޮންމެ ގެއަކަށް ވެސް ދޫކުރާނީ 180 ގްރާމްގެ 48 ދަޅު ހިމެނޭ ތެޔޮ މަސް ކޭހެކެވެ.
އެސްޓީއޯ އިން މިއަދު ބުނީ، މާލެ ފިޔަވައި އެހެން ރަށްރަށުގައި ރޯދަމަހަށް މަސްދަޅު ކޭސް ބަހަން އިއްޔެ ފަށާފައިވާއިރު، މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ކޭސްތައް ބަހާނީ މި މަހުގެ 20 ވާ ބުރާސްފަތި ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ކަމަށެވެ. އެ ތާރީހަށް ބަދަލެއް އަތުވެއްޖެ ނަމަ، އެކަން ދުރާލައި އެކަން އަންގާނެ ކަމަށް ވެސް ބުންޏެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ލިބޭނީ ހަމައެކަނި ދިވެހިންނަށެވެ. ގޭގެ ކަރަންޓު މީޓަރުގެ ނަމްބަރު ޗެކް ކުރުމަށް ފަހު، މަސްދަޅު ކޭހާ ހަވާލުވާން ދާ މީހާގެ އައިޑީކާޑާއި ގުޅޭނެ ނަމްބަރު ވެސް ރެކޯޑު ކުރާނެ އެވެ.
އެސްޓީއޯ އިން ބުނީ، މަސްދަޅު ކޭސް ދޫކުރަން ނިންމާފައި ވަނީ ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:30 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށެވެ.
މި ހަދިޔާ ދޫކުރުމަށް މާލޭ ސަރަހައްދުގައި ފަސް މަރުކަޒެއް ގާއިމުކުރާނެ އެވެ.
މަސްދަޅު ކޭސް ދޫކުރާ ތަންތަން:
- މާލެ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާބެހޭ ބައި.
- މިފްކޯ އޮފީސް ކޮމްޕައުންޑް.
- ވިލިމާލޭ ކައުންސިލް އޮފީސް.
- ހުޅުމާލެ 1 ގެ އުމަރު ޒާހިރު ބިލްޑިންގް.
- ހުޅުމާލެ 2 ހިޔާގެ 10 ވަނަ ޓަވަރުގައި ހުންނަ ޔޫތު ސެންޓަރު.




4 Comments
ގުޅުންހުރި
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
ފައިސާ ޗާޕުކުރަން އުޅޭތީ ޕެންޝަން އޮފީހުގެ ޗެއާމަންކަމުން އިނާޒް އިސްތިއުފާ ދެއްވައިފި
އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި
އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި
މިފްކޯއިން 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށައިފި، ކިލޯއަކަށް 20