އަންނަ ހޮނިހިރު ދުވަހުގެ މެންދުރުވުމުގެ ކުރިން ހަމާސް އިން އިޒްރޭލުގެ ރަހީނުން މިނިވަން ނުކޮށްފި ނަމަ އެއްބަސްވުން އުވާލައި އަލުން ވަރުގަދަ ހަމަލާތައް ދޭން ފަށާނެ ކަމުގެ އިންޒާރު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަދު ދީފި އެވެ.
ފަލަސްތީނު މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ޖަމާއަތާއި އިޒްރޭލާ ދެމެދު ވި އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ. އެ އެއްބަސްވުމުގެ ދަށުން އިޒްރޭލުގެ ރަހީނުންގެ ތެރެއިން ގިނަ ބަޔަކާއި އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު ވަނީ މިނިވަންކޮށްފަ އެވެ.
ނަމަވެސް އެއްބަސްވުމާ އިޒްރޭލުން ހިލާފުވެ ބަޑީގެ ހަމަލާތައް ދިނުމާއި އެހީގެ ސާމާނު ޣައްޒާއަށް ވެއްދުމަށް ހުރަސްއަޅާތީ ހަމާސް އިން ވަނީ އަންނަ ހޮނިހިރު ދުވަހު މިނިވަންކުރަން ނިންމާފައިވާ ރަހީނުން މިނިވަންކުރުމުގެ މަސައްކަތް ވަކި މުއްދަތެއް ނެތި ފަސްކޮށްފައިވާކަން އިއްޔެ އިއުލާންކޮށްފަ އެވެ.
”އަންނަ ހޮނިހިރު ދުވަހުގެ މެންރުވުމުގެ ކުރިން އިޒްރޭލުގެ ރަހީނުން މިނިވަން ނުކޮށްފި ނަމަ، ހަމަލާތައް ހުއްޓާލަންވީ އެއްބަސްވުން ނިމުމަކަށް އަންނާނެ. އަދި ހަމާސް ބަލިކުރެވެންދެން އިޒްރޭލުގެ އަސްކަރިއްޔާ އިން ކުރީގެ ވަރުގަދަ ހަމަލާތައް އަލުން ދޭން ފަށާނެ،“ ހަތަރު ގަޑިއިރުގެ ސެކިއުރިޓީ ކެބިނެޓް ބައްދަލުވުމަށްފަހު ނަތަންޔާހޫ ބުންޏެވެ.
އޭނާ ބުނީ، އިޒްރޭލު ސިފައިން ޣައްޒާގެ އެތެރޭގެ އާއި ވަށައިގެން ޖަމާވުމަށް ވެސް މިހާރު އަންގާފައިވާ ކަމަށެވެ.




14 Comments
ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި