ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމުގެ ގޮތުން ސަރުކާރުން އަޅަމުންދަނީ ރަނގަޅު ފިޔަވަޅުތަކެއް ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓިއާއި މާލިއްޔަތު ކޮމިޓީއަށް މިއަދު ހާޒިރުވެ އައިއެމްއެފްގެ އިސްވެރިއެއް ކަމަށްވާ ޕިޔަޕޯން ނިކީ ސޮދްސިރީވްބޯން ވިދާޅުވީ މިދިޔަ އަހަރުތަކުގައި ގިނަ އަދަދެއްގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވާތީ ރާއްޖެ މާލީ ގޮތުން ޑެފިސިޓަށް ގޮސްފައިވާ ކަމަށެވެ. އެ ހާލަތުން އަރައިގަތުމަށް އުމްރާނީ ތަރައްގީގެ ބައެއް ކަންކަން މަޑުޖައްސާލައި ސީދާ ގޮތުން ރާއްޖެއަށާއި ރައްޔިތުންނަށް ފައިދާވާ ކަންކަން ކުރިއަށް ގެންދިޔުމުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލީ ހާލަތުން އަރައިގަތުމަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތައް ތަންފީޒު ކުރާނެ ވަގުތު ކުޑަތަންވެފައިވާ ކަމަށެވެ.
”ހަރުދަނާ ފިޔަވަޅުތައް ނާޅައިފި ނަމަ ކުރިއަށް އޮތް އަހަރުތަކުގައި ދަރަންޏާއި ފިސްކަލް ޑެފިސިޓް އިތުރަށް ބޮޑުވެގެންދާނެ. މި ކަން ކުރުމަށް ވަގުތު ވަރަށް ކުޑަތަންވެއްޖެ،“ ޕިޔާޕޯން ވިދާޅުވި އެވެ.
”އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި އިޖުތިމާއީ ޕްރޮގްރާމުތައް ވެސް ހިންގަންވާނީ، އެ ގައުމެއްގެ މާލީ ހާލަތަށް ރިއާއަތްކޮށް ގައުމަށާއި ރައްޔިތުންނަށް އެންމެ ބޮޑު ފައިދާއެއް ކުރާނެ ގޮތަކަށް،“ ޕިޔާޕޯން ވިދާޅުވި އެވެ.
ރާއްޖެއިން، އިންޑިއާގެ ސެންޓްރަލް ބޭންކު، ރިޒާވް ބޭންކް އޮފް އިންޑިއާއެކު ހަދައިފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްގެ ސަބަބުން، ފައިދާތަކެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ސަރުކާރުން އަޅަން ނިންމާފައިވާ މާލީ އިސްލާހީތައް ފިޔަވަޅުތައް ތަންފީޒުކުރާއިރު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްގެ ސަބަބުން ބޮޑު ބެކަޕެއް ލިބިގެންދާނެ ކަމަށް ޕިޔަޕޯން ވިދާޅުވި އެވެ.
ޕިޔާޕޯން ވިދާޅުވި ގޮތުގައި، ރާއްޖެއަށް ކުރިމަތިވެފައިވާ ފަދަ މާލީ ދަތިކަމުން އަރައިގަތުމުގެ އެންމެ ފުރަތަމަ ފިޔަވަޅަކީ ދަތިކަން ކުރިމަތިވެފައިވާ ކަން ގަބޫލުކޮށް، އެކަމުން އަރައިގަތުމަށް ޕްލޭނެއް އެކުލަވައިލުމެވެ. ނަމަވެސް، އެ ޕްލޭނާ އެއްގޮތަށް ފިޔަވަޅުތައް ތަންފީޒުކުރުން އަވަސް ކުރަންޖެހޭ ކަމަށް، މިއަދުގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން އޭނާ ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.




ގުޅުންހުރި
ސަރުކާރުން ޔަގީންކަން ދިން ވަގުތު ހަމަވިތާ 19 ގަޑިއިރު، ފުވައްމުލަކު އަދިވެސް
ކޮރަޕްޝަން ހުއްޓުވޭނީ އިންސާނުން ބޭނުން ނުކޮށް, ޑިޖިޓަލްކޮށް ހިދުމަތް ދެވޭނެ ގޮތް
ރާއްޖެއިން މޫދުވިނަ އެކްސްޕޯޓްކުރަން ތައްޔާރުވެއްޖެ
އާސަންދަ އާއި އިނާޔަތްތައް މަހުޖަނުންނަށް ދިނުން ހުއްޓާލަންޖެހޭ: ސަލީމް
ރާއްޖެއިން ހިފެހެއްޓި ޑްރަގު ބޯޓު ލަންކާއާ ހަވާލުކުރަނީ
”މަސައްކަތް މިކުރަނީ ވެރިކަމުގެ ހުވާގެ މަތީގައި ހުރެ, ކޮންމެ ދުވަހަކުވެސް އެހުވާ