އޭޕްރިލް 20, 2025

މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި ބިދޭސީއަކު ކުޅެން ހުއްޓައި މަރުވެއްޖެ

މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި ނައިޖީރިއާގެ މީހެއް ކުއްލި ގޮތަކަށް މިއަދު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމާއި ވިޔަފާރިކުރުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ (35 އަހަރު) އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ، މިއަދު ހަވީރު ޔާޑުގައި އެހެން މީހުންނާއެކު ކުޅެން ހުއްޓައި ކުއްލިއަކަށް ވެއްޓުމުން، ވަގުތުން އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް އަވަސް ފަރުވާ ދިނުމަށްފަހު، ހަތަރު މިނެޓްތެރޭ މާފުށީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ކަމަށެވެ. ނަމަވެސް 5:20 ގައި އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ކަނޑައެޅި ކަމަށްވެސް ބުންޏެވެ.

ކަރެކްޝަންސް އިން ބުނީ މީނާއަކީ އެއްވެސް ދާއިމީ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ މީހެއް ނޫން ކަމަށެވެ.

3 Comments

  • Shamattey Shaam ފެބްރުއަރީ 12, 2025

    Anekkaa aneh meehaa maruvee jaluga

  • Ahmed Midshan ފެބްރުއަރީ 12, 2025

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

  • Azlifa Hadhee ފެބްރުއަރީ 12, 2025

    ‎إنَّا لله وإنا إليه راجعون
    ‎މާތް الله, މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮ رحمة ލައްވައި ސުވަރުގޭގެ ދާއިމީ نعمة މިންވަރު ކުރައްވާށި!އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!آمیـــــــــــــن🤲

Leave a Reply to Shamattey Shaam Cancel reply