މި އަހަރުގެ ރޯދަ މަހު ސައުދީ އަރަބިއާ އިން 102 ގައުމަކަށް ކަދުރު ހަދިޔާކުރާނެ ކަމަށް އެ ގައުމުގެ އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ސައުދީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ސައުދީ ރަސްގެފާނުގެ ހަދިޔާ ޕްރޮގްރާމްގެ ދަށުން މިއަހަރު 700 ޓަނުގެ ކަދުރު ހަދިޔާކުރާނެ އެވެ. އެއީ މިދިޔަ އަހަރު ހަދިޔާކުރި އަދަދަށްވުރެ 200 ޓަނު އިތުރު އަދަދެކެވެ.
ސައުދީ މިނިސްޓްރީން ބުނެފައިވާ ގޮތުން އެ ކަދުރުތައް އެ ގައުމުގެ އެމްބަސީތައް މެދުވެރިކޮށް ގައުމުތަކަށް ބެހުމުގެ ހުރިހާ ތައްޔާރީއެއް މިހާރުވަނީ ނިމިފަ އެވެ.
ސައުދީގެ އިސްލާމިކް މިނިސްޓަރު ޝައިހް އަބްދުލްއާތިފް ބިން އަބްދުލްއަޒީޒު އަލް ޝައިހް ވަނީ އިސްލާމްދީނާއި މުސްލިމުންނަށް ހިދުމަތްކުރުމުގެ ވާޖިބު އަދާކުރުމަށާއި އިސްލާމްދީނުގެ އަގުތަކާއި އުސޫލުތައް ފެތުރުމަށާއި ނަފުރަތާއި ހަރުކަށި ފިކުރު އަދި ފިތުނަވެރިކަމާ ކުރިމަތިލުމަށް ސައުދީގެ ލީޑާޝިޕުން އެ މިނިސްޓްރީއަށް ދޭ ހިތްވަރަށް ޝުކުރު އަދާކުރައްވައިފަ އެވެ.




1 Comment
ގުޅުންހުރި
ތޫފާނުގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 193 އަށް, 200
ލަންކާގެ މުސްކުޅިންގެ ސެންޓަރަކުން 11 މަރު, އެންމެން މަރުވީ ފެންބޮޑުވެ ނުނިކުމެވި
ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި
އެމެރިކާ އިން ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރަން ފަށަން ޓްރަމްޕް އަމުރުކޮށްފި
އިޒްރޭލުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ, ކޮންޓްރޯލް ނުވެ މިހާތަނަށް އަށް ކުދިން
ވެރިކަމުން ދުރުކުރި މަޑަގަސްކަރައިގެ ރައީސްގެ ރައްޔިތުކަން އަތުލައިފި