ރޯދަ މަހުގެ ހަދިޔާއެއްގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދޭ މަސްދަޅު ކޭސް ހޯދުމަށް ދިގު ކިޔުގައި ނުޖެހުނަސް ހުރިހާ ގެއަކަށް ވެސް މަސްދަޅު ކޭސް ލިބޭނެ ކަމަށް ލޯކަލް ގަވަނެސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.
މާލެ ސަރަހައްދުގައި ރޭ މަސްދަޅު ބަހަން ފެށިއިރު އެ ހޯދަން ގިނަ ބަޔަކު ވަނީ އެއް ގަނޑިއިރާއި ތިރީސް މިނިޓު ކުރިން ކިޔު ހަދައިފައެވެ. ސަރުކާރު މަސް ކުންފުނި ކަމަށް މިފްކޯ އިން މަސްދަޅު ކޭސް ބަހަން ފަށައިފައިވަނީ ރޭ 8:30 ގަ އެވެ.
އާދަމް ޝަރީފު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްދަޅު ހޯދުމަށް ގިނަ ބަޔަކު ޝައުގުވެރިވެ ކިޔުގައި ޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ރޯދަ ހަދިޔާ ބެހުމުގެ ކަންކަމާއި އާއްމުންގެ ތަރުހީބު ދިން މިންވަރަށް ބެލުމަށް ފަހު އެ ހަދިޔާ ބަހާނެ އިތުރު ތަނެއް މާދަމާގެ ކުރިން ހަމަޖައްސައި އިއުލާންކުރާނެ ކަމަށެވެ.
އޭނާ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިވަގުތު ކިއޫގައި ނުޖެހުނަސް މި މަހުގެ ފަހުން ވެސް، ހުރިހާ ގޭބިސީއަކަށް މަސްދަޅު ކޭސް ހަވާލުކޮށް ނިމެންދެން ދޫކުރާނެ ކަމަށެވެ.
”ދިގު ކިއުއަށް ނޭރިޔަސް ކުރިއަށް އޮތް ދުވަސްތަކުގައި ރޯދަ ހަދިޔާ ދޫކުރުމަށް ހަމަޖެހިފައިވާތީ، ގިނަ ވަގުތު ކިއުގައި ނުތިއްބަސް ރޯދަ ހަދިޔާ ހުރިހާ ގޭބިސީތަކަށް ލިބެންދެން 28 ފެބްރުއަރީގެ ފަހުން ވެސް ކުރިއަށް ގެންދާނެ،“ އާދަމް ޝަރީފް ވިދާޅުވި އެވެ.
މާލޭ ސަރަހައްދުގެ 9،394 ގޭބިސީއަކަށް ވަނީ މަސްދަޅު ކޭސް ދޫކޮށްފަ އެވެ.
ސެންޓަރުތަކުން މަސް ދަޅު ކޭސް ދޫކުރި އަދަދުތައް:
– ވިލިމާލެ – 582
– އެމްޓީސީސީ ސޯމިލް – 2،083
– މިފްކޯ – 3،666
– ހިޔާ ފްލެޓް 10 – 1،555
– އުމަރު ޒާހިރު ބިލްޑިން – 1،508

1 Comment
ގުޅުންހުރި
ޑރ. ޒިޔާދުގެ ގަލަމުން: ރަމަޟާން މަހަކީ ކީރިތި ޤުރްއާނުގެ މައްސަރު 3
ފަހު 10 ގައި މަސައްކަތައް ނުކުންނަ ސަރުކާރު މުވައްޒަފުންނަށް ހާޒިރީ އެލެވެންސް
އިއްޔެ ކަރަންޓު ބޭނުންކުރި މިންވަރު 100 މެގަވޮޓަށްވުރެ މައްޗަށް!
މި ރޯދަ މަހުގެ ފަހު 10 ވެސް ސަރުކާރު ބަންދުވާނެ
ކާށީގެ އަގު ތިރިކުރަން ހޯލްސޭލަރުންނަށް އެސްޓީއޯ އިން ކާށި ގެެނެސްދެނީ
މިއީ އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ ވަގުތުތައް، މި ގަޑިތަކުގައި ކަރަންޓު