އޭޕްރިލް 16, 2025

އެއްޗެއް ނުބުނެ ވަރަށް ކެތްކޮށްފިން، ސުޕްރީމް ކޯޓުގައި އަތްލީމާ ހިމޭނަކުން ނުތިބެވޭނެ: އިމްރާން

ރައްޔިތުންނަށް ބޮޑުކަމެއް ނުކޮށްދެވޭތާ މުޅި ނިޒާމު ފުނޑަމުންދާތީ ދެން ހިމޭނަކުން ނުތިބެވޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވަން ބޭއްވި އިންތިހާބުގައި މަކުނުދޫ ދާއިރާއަށް ވާދަކުރައްވައި ނާކާމިޔާބުވި ފަހުން އިމްރާން އުޅުއްވަނީ ސިޔާސީ މައިދާނުން ދުރުގަ އެވެ.

އިމްރާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންނަށް ފައިދާޢެއް، ހެޔޮކަމެއް ކޮށްދީ، ދައުލަތުގެ ނިޒާމަށް ހެޔޮ ބަދަލެއް ގެނެސްދޭތޯ އެއްޗެއް ނުބުނެވޭތޯ ވަރަށް ކެތްކުރެއްވި ކަމަށެވެ.

”ރައްޔިތުންނަށް ބޮޑުކަމެއް ނުކޮށްދެވޭތާ މުޅި ނިޒާމު ފުނޑަމުންގޮސް ސުޕްރީމް ކޯޓުގައި އަތްލީމާ ދެން ހިމޭނަކުން ނުތިބެވޭނެ،“ އިމްރާން ވިދާޅުވި އެވެ.

އިމްރާން އެހެން އެ ވިދާޅުވީ، ސުޕްރީމް ކޯޓުގެ ހަތް ފަޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް ކުޑަކުރުމަށް، ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވި ބިލާ ގުޅިގެންނެވެ.

އިދިކޮޅު އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި އެ ބިލަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން ކުރާ މަސައްކަތެކެވެ.

ސިޔާސީ ބޭފުޅެއްގެ ގޮތުގައި އިމްރާން އެންމެ ފުރަތަމަ މަޝްހޫރުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، އަދަލާތު ޕާޓީ ލީޑްކުރުމުގެ ފުރުސަތު އޭނާއަށް ލިބިވަޑައިގެންނެވި ހިސާބުންނެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކުގައި އޭނާ އިސްކޮށް އުޅުއްވި އެވެ.

އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު މީހުންނާ އެކުގައި ވެސް މުޒާހަރާތަކުގައި އިސްކޮށް އުޅުއްވި އެވެ. އޭރު ކުރި މުޒާހަރާއެއްގައި ދެއްކެވި ވާހައަކާ ގުޅިގެން ޓެރަރިޒަމްގެ ދައުވާކޮށް 12 އަހަރަށް ޖަލަށް ވެސް ލި އެވެ.

ހޯމް މިނިސްޓަރުގެ މަގާމު ލިބިވަޑައިގަތީ މިދިޔަ އެމްޑީޕީގެ ވެރިކަމުގައެވެ.

23 Comments

  • Manaam Ahmed ފެބްރުއަރީ 24, 2025

    ފަހަރިގާގަވެސް އަންނުލަން ވަރަން މަަތްކަތްކުރި އެކަމަކު ކެއްތެރިކަން ކޮޅުން ލީމަ އަތްދިގުވީ ވަރައްސަލާމް

  • Mohamed Riyaz ފެބްރުއަރީ 24, 2025

    Mihaaru Supreme Court ehkoh baladhalu kuranvee.kuran jaheykameh

  • Mohamed Riyaz ފެބްރުއަރީ 24, 2025

    Eee quran dhoo aiynuleveyn

  • Mohamed Amir ފެބްރުއަރީ 24, 2025

    ބަލަ ރޯދަނިމެންދެން މަޑުކޮށްލިނަމަ

    • Ayya Sharyf ފެބްރުއަރީ 24, 2025

      Mohamed Amir dhw

  • Mohamed Shaam ފެބްރުއަރީ 24, 2025

    🤷 anga hulhuvaafa vaahaka dhakkan kobaa ladhu mi gaumu jahannamayakah hedhumugai thimaa ves baiveri vi

  • Dunga Hussain ފެބްރުއަރީ 24, 2025

    Faahaanaayah vadhey dhen.

  • މަގޭ ޙިޔާލު ފެބްރުއަރީ 24, 2025

    Vageh vageh 👀

  • Hassan Mohamed ފެބްރުއަރީ 24, 2025

    މިކަލޭގެ އިސްލާމީ ތަައުލީމު އުގެނިގެންތަ ޝޭޚަކަށްވީ 😀😀😀

  • Ahmed Shujaau ފެބްރުއަރީ 24, 2025

    💯

  • Fa Rey ފެބްރުއަރީ 24, 2025

    5 aharu nimendhen keiy kollun kihineh?

  • Adam Adam Mohamed ފެބްރުއަރީ 24, 2025

    Dhehn fumeh fashaa 1 2 3 start

  • Hayath Binth Moosa ފެބްރުއަރީ 24, 2025

    ރޯދަ އަށް އިބިލީސް ކަތޮޅުއަޅުވާތީ މީނަ މިނިކުތި އެ ވަޒީފާ އަދާކުރަން…

  • Ammi Ahmeem Easa ފެބްރުއަރީ 25, 2025

    Imran ah ingen vaane imran akee adhi baaligu nuvaa kujjehkan.
    Bodethi meehun kuraa kanthakuge thereah nuvadhe hureveytho balaaa.

  • Raz Abdul ފެބްރުއަރީ 25, 2025

    🤣🤣🤣🤣🤣

  • Ahmed Azmeen ފެބްރުއަރީ 25, 2025

    Masaagukoh nimmaalee dhw

  • Moosa Mohamed Naeem ފެބްރުއަރީ 25, 2025

    An’ga fidhu bin sheyku fithuna vazeeru dhen heybalivey,

  • Hussain Be ފެބްރުއަރީ 25, 2025

    Thailand ah gendhiya laari gandu husvegen KEH nukurevunie kamah vedhaane kuvliakah viegotheh kamah athanuga huri hurihaa faisaa eh athanuge anhen kudhinnah dhee hoskolie dhen ithuru kameh kuraakah dhas vefakaaneiy annan jeheynie Rashah

  • DrMohamed Ahmed ފެބްރުއަރީ 25, 2025

    Meena ulhunu sarukaarun mulhi supreme court bench change kuri iru meena koba.kos govanee

  • Ibrahim Shiyam ފެބްރުއަރީ 26, 2025

    Kaley dhen ves eche bune fina libey nee malaamaai kan dhane hure bunaathi thee bodu munaafigeh kan enmen gaboolu kuraakan ves handhuma bahattaathi eche bunaa iru

  • Hussain Moosa Hussain ފެބްރުއަރީ 27, 2025

    kaleytheekaakutha agahulhuvan mihira himaaraa thiee migauman balaagannarudiennoon geygamadun hurebala noonee maaginain agahulhuvanyaa jalan dhaan redeevey mihira ibileehaa

  • Mohamed Adam ފެބްރުއަރީ 28, 2025

    Thiyah vure thaahiru vaane ehcheh vagah dhiruvalaa nula tha varah dhuvas vejey buninama.

  • Axe Kinzoku މާރޗް 1, 2025

    Dhandi dhigu undhulhi laan dhandivalheh hoadhythaa utha. Faikeytah leebai husvathy thelhigathy.

Leave a Reply to Adam Adam Mohamed Cancel reply