ރަށްރަށުގައި ސަރުކާރުން ހިންގަން ނިންމާފައިވާ ފްލެޓް މަޝްރޫއުގެ ތެރެއިން އަމިއްލަ ގޯތީގައި ގެ ހަދަން ބޭނުންވާ މީހުންނަށް ސަރުކާރުން ގެ ހަދައިދޭން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.
ރާއްޖޭގެ 57 ރަށެއްގައި 12،000 އަށްވުރެ ގިނަ ފްލެޓް ހަދައިދޭން ސަރުކާރުން ނިންމައި މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ވަނީ ބީލަމަށް ހުޅުވާލައިފަ އެވެ.
ނަމަވެސް ރޭ ދ. ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވަނީ އެ ރަށުގައި ހަދާ ފްލެޓް މަޝްރޫއުގެ ތެރެއިން އަމިއްލަ ގޯތީގައި ގެ ހަދަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް ވިދާޅުވެފަ އެވެ.
ދ. މީދޫގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ރައީސް ވަނީ އެ ރަށުގައި ހިންގަން ނިންމާފައިވާ 200 ފްލެޓް މަޝްރޫއުގެ ތެރެއިން އަމިއްލަ ގޯތީގައި ގެ ހަދަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ފުރުސަތު ފްލެޓް މަޝްރޫއު ހިންގަން ނިންމާފައިވާ ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް ހުޅުވާލާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
”ހައުސިން ޕްރޮޖެކްޓް އަޅަން އިއުލާން ކުރި ކޮންމެ ރަށެއްގެ ކައުންސިލަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ކުރިއަށް އޮތް މަސް ތެރޭގައި، ރަމަޟާން މަސް ނިމުމުގެ ކުރީގައި އެ ރަށެއްގެ ރައްޔިތުންގެ ތެރެއިން އަމިއްލަ ގޯތީގައި މީގެން ހައުސިން ޔުނިޓެއް އަޅަން ބޭނުންވާ ފަރާތްތައް ކަނޑައަޅައި ދެއްވާށޭ. ކަނޑައަޅުއްވާފައި އެ މައުލޫމާތު މިނިސްޓްރީއަށް ފޮނުއްވައިދެއްވާށޭ،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ހައުސިން މަޝްރޫއުގެ ތެރެއިން ފްލެޓް ހަދާނީ އަމިއްލަ ގޯތީގައި ގެ ހަދަން ބޭނުންވާ މީހުން ބެލުމަށްފަހު އެކަމަށް ވަކި އަދަދެއް ކަނޑައަޅާފައި ބާކީވާ ބައެވެ. އެ މަޝްރޫއުގެ ތެރެއިން ހަދަން ނިންމާފައިވަނީ ތިން ކޮޓަރީގެ ޔުނިޓްތަކެއް ކަމުން، އަމިއްލަ ގޯތީގައިވެސް ސަރުކާރުން ހަދައިދޭނީ ތިން ކޮޓަރީގެ ގެއެއް ކަމަށްވެސް ވިދާޅުވި އެވެ.

86 Comments
ގުޅުންހުރި
މަންދީގެ އިތުރުން އެމްޑީޕީ އާއި ފައްޔާޒުގެ މައްޗަށްވެސް ފަސްޓް ލޭޑީގެ ފަރާތުން
ވެކޭޝަންސް އެކްސްޕޯ މާދަމާ ފަށަނީ، ޒިޔާރަތްކޮށްގެން އުމުރާ ދަތުރެއް ލިބުމުގެ ފުރުސަތު!
ކުރުސީ އެކައުންޓް ހިންގަނީ ކާކުކަން ވަރަށް ސާފުކޮށް އެނގޭ: ރަޝިޔާ
މަޖިލިސް މި ހިންގަނީ ވަރަށް ރަނގަޅަށް، ރައްޔިތުން ބޭނުންވާ ގޮތަށް: ފަލާހު
ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީ ބަންދުކުރަނީ
މައުމޫން އަތުން 1.1 މިލިއަން ހޯދަން އެމްޓީސީސީން ހުށަހެޅި މައްސަލަ އަނބުރާ