ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ހިމަނާފައި އޮތުމުން، އޭނާގެ ޝަރުތު ހަމަވި ގޮތާ މެދު ސުވާލު އުފައްދަމުން ދަނިކޮށް، ފްލެޓު ދޫކޮށްލައްވަން އޭނާ ނިންމަވައިފި އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4000 ފްލެޓް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ރިވިއުކޮށް މި ސަރުކާރުން މިއަދު އާންމުކުރި ލިސްޓުގައި ޝަރުތު ހަމަވި 1،820 މީހުންގެ ތެރޭގައި މއ. ވެނީލާގެ، އަލީ ހައިދަރު އަހުމަދާއި އޭނާގެ އަނބިކަނބަލުން މ. ޑްރީމީލައިޓް މަރިޔަމް ތައުފީގާ ހިމެނެ އެވެ.
ކުރިން ހައުސިން މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ހައިދަރުގެ ނަން ލިސްޓުގައި އޮތުމުން، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އޭނާގެ ޝަރުތު ހަމަވުމާ މެދު ސުވާލު އުފައްދައިފަ އެވެ.
ހައިދަރު ދެންމެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އޭނާ އާއި އަނބިކަނބަލުން މަރިޔަމް ތައުފީގާ އަށް ވުރެ ބޮޑަށް އެ ސްކީމުން ފްލެޓު ހައްގުވާ އެތައް އާއިލާއެއް ތިބޭނެ ކަަމަށެވެ.
”ވީމާ މި ސްކީމުން އަޅުގަނޑުމެންނަށް ލިބޭ ފްލެޓް ދޫކޮށްލަން ގަސްދުކުރާ ވާހަކަ ނުހަނު ތާއަތާއި އިހުތިރާމާ އެކު ދެންނެވީމެވެ،“ އެންމެ ފަހުން ހައުސިން މިނިސްޓަރުކަން ވެސް ކުރެއްވި ހައިދަރުގެ ބަޔާނުގައި ވެ އެވެ.
ލިސްޓުގައިވާ ގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައިވެސް ހައިދަރުގެ ދެމަފިރިންނަށް 75 ޕޮއިންޓް ލިބިފައިވެ އެވެ. ވެރިފިކޭޝަންއަށްފަހު ވެސް ލިބިފައިވަނީ ހަމަ އެވަރެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހައިދަރުގެ ދެމަފިރިންނަށް ފްލެޓް ލިބިފައިވާއިރު، ފްލެޓް ދިނުން ހުއްޓުވައި އެ މައްސަލަ ހައުސިން މިނިސްޓްރީން އަލުން ރިވިއު ކުރި އިރު، މިނިސްޓަރަކަށް ހުންނެވީ ހައިދަރެވެ.

1 Comment
ގުޅުންހުރި
ރިފްއަތު ވެސް އޭސީސީއަށް ހާޒިރުވާން އަންގައިފި
ނަތީޖާ ނެރެދިނުން ފިޔަވައި އިތުރު އެއްވެސް ކަމަކަށް ޝައުގެއް ނެތް: ރައީސް
މައިމީހާގެ ފަރާތުން ދަރިފުޅަށް ތިން ބައްޔެއް ފެތުރުން ހުއްޓުވައި ރާއްޖެ ތާރީހުގެ
އެލައިޑް ތަކާފުލްގެ ”ފަޔާ ތަކާފުލް“ މިހާރު އޮންލައިންކޮށް, އަވަހަށް އަދި ފަސޭހައިން
ޓްރަމްޕަށް އިޒްރޭލުގެ އެންމެ މަތީ ޝަރަފު ދޭން ނިންމައިފި
2026 ނިމޭއިރު ހުރިހާ ރަށެއްގެ ލެބޯޓްރީން ރަށު ފެންވަރުގެ ޓެސްޓުތައް ހެދޭނެ: