ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4000 ފްލެޓް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ރިވިއުކޮށް ސަރުކާރުން މިއަދު ނެރުނު ލިސްޓުގައި ނަން ނެތަސް އެކަމާ ކަންބޮޑުނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އްޒުއްދީން ފާލަން މަރާމާތު ކުރުމަށްފަހު އަލުން ހުޅުވުމަށް އެ ސަރަހައްދުގައި މިރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި އަހަރުގެ ތެރޭގައި މާލެ އާއި ހުޅުމާލޭގައި އެތައްހާސް ހައުސިން ޔުނިޓެއްގެ މަސައްކަތް ފަށަން ނިންމާފައިވާއިރު، ވިލިމާލެ، ގުޅިފަޅުގައި ހައުސިން ޔުނިޓްތަކެއް ހަދާނެ ކަމަށެވެ.
އޭގެ އިތުރުން ގިރާވަރުފަޅާއި އުތުރުތިލަފަޅު އަދި ރަސްމާލޭގެ މަޝްރޫއުގެ ބިން ހިއްކައި ނިމުމުން އެ ތަންތަނުގައި ވެސް ހައުސިން މަޝްރޫއުތައް ހިންގަވާނެ ކަމަށާއި އަދި ރަސްމާލެ އިން ގޯތި ލިބޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
”މި ހުރިހާ ކަމެއް ފުރިހަމަވެގެން ދިޔައިމަ މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް ގެދޮރުވެރިކަން ހަމަޖެހިގެންދާނެ. އެ ޔަގީންކަން އަޅުގަނޑު އަރުވަން. އެހެންވީމާ އަޅުގަނޑުވީ ވައުދު މަތީގައި މި ސަރުކާރު ކުރިއަށްދާނީ. އެއީ ދިވެހި ކޮންމެ ރައްޔިތަކަށް އެ މީހާގެ ފުރަތަމަ ބޯހިޔާވަހިކަމަށް ފުރުސަތު ހޯދައިދިނުން،“ ރައީސް ވިދާޅުވި އެވެ.




92 Comments
ގުޅުންހުރި
ތަރައްގީގެ 206 މަޝްރޫއެއް ހިންގުމަށް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފި
ކޮޅަށް މި ޖެހީ ބަނގުރޫޓު ކޮށްލުމަށް ޑިޒައިން ކޮށްފައިވާ އިގުތިސާދެއް: ރައީސް
ފުވައްމުލަކާއި އައްޑޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި
ވަރުގަދަ އަސްކަރީ ބާރެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ވާޖިބެއް: ރައީސް
އަމާޒަކީ ހިތަދޫއާ ހުޅުދޫ އާއި މީދޫ ގުޅުވައިލުމުގެ ބުރިޖުގެ މަސައްކަތް އަންނަ
ހުޅުދޫ އާއި މީދޫގެ ނިންމުމާއެކު، ތަރައްގީގެ އެތައް މަސައްކަތްތަކަކަށް މަގުފަހިވާނެ: ރައީސް