މިހާރު ކުރަމުންދާ ވިއްސާރައިގައި ބ. އަތޮޅުން ފެށިގެން ދ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އޮރެންޖު އެލާޓް ނެރެފި އެވެ.
މެޓުން އޮރެންޖު މިރޭ 12 ޖެހުމާ ހަމައަށް ނެރެފައިވާ އެލާޓުގައި ބުނެފައިވަނީ، އެ ސަރަހައްދުތަކަށް ގުގުރުމާ އެކު ވަރަށް ބޯކޮށް ވާރޭވެހި، ފެން ބޮޑުވާނެ ކަމަށެވެ.
މިދިޔަ ދެ ދުވަހުވެސް މާލެ ވެސް ބޯކޮށް ވާރޭވެހެމުންދާއިރު، މިއަދު ވެސް ގިނަ އިރުތަކެއް ވަންދެން މެދުނުކެނޑި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މަގުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ.
ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފުން ދަނީ މާލޭގެ ތިން ސަރަހައްދެއްގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ އިތުރުން ވެލިބަސްތާ ޖެހުމާއި ފެންބޮޑުވުމާ ގުޅިގެން ދިމާވާ އެހެނިހެން ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ވެސް އެމްއެންޑީއެފުން ދަނީ ހަރަކާތްތެރިވަމުންނެވެ.




ގުޅުންހުރި
ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތުނެގުން ކުރިޔަށް ދަނީ
މަރުވި ދެ ގައިދީންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވައިފި
ކާބޯތަކެތީގެ އަގު ބޮޑުނުވެ މިރޯދަމަހުވެސް ލިބޭނެ: ސަރުކާރު
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު
ހުއިފިލަނޑާތަކުގެ މައްސަލައިގައި ފުލުހަކު ސަސްޕެންޑުކޮށްފި
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ