ރޯދަމަހުގެ ދެވަނަ ދުވަހު މާލެއާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރި މިންވަރު ފުރަތަމަ ދުވަހަށްވުރެ އިތުރުވެފައިވާ ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.
ސްޓެލްކޯ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން އިއްޔެ އެންމެ ޕީކް ގަޑީގައި 80 މެގަވޮޓް ބޭނުންކޮށްފައިވާ ކަމަށެވެ.
ސްޓެލްކޯ އިން އާންމުކޮށްފައިވާ ކަރަންޓު ބޭނުންކުރި ގޮތުގެ ޗާޓުގައިވާ ގޮތުން އިއްޔެ އެންމެ ޕީކް ގަޑިއަކީ ރޭގަނޑު 10 ޖެހި އިރެވެ. ނަމަވެސް 11 ޖެހި އިރު ކަރަންޓު ބޭނުންކުރި މިންވަރު ވަނީ ދަށަށް ގޮސްފަ އެވެ.
މި ރޯދަމަހުގެ ފުރަތަމަ ދުވަހު މާލެއާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރި މިންވަރު ވަރަށް ބޮޑުތަނުން ދަށަށް ދިޔަ އެވެ. އެގޮތުން އެންމެ ޕީކު ގަޑީގައި ވެސް އެ ދުވަހު ބޭނުންކުރީ 78 މެގަވޮޓެވެ. ރޯދަމަހުގެ ކުރިން ޕީކް ގަޑީގައި ކަރަންޓު ބޭނުންކުރާ މިންވަރު އެވްރެޖްކޮށް ހުރީ 100 މެގަވޮޓުން މަތީގައެވެ.
ރޯދަ މަހުގެ ފުރަތަމަ ދުވަހު ކަރަންޓު ބޭނުންކުރި މިންވަރު ދަށްވީ ސްޓެލްކޯ އިން ބުނާ ގޮތުން، ވިއްސާރަވުމުންނާއި ސްކޫލްތަކާއި އޮފީސްތައް ބަންދުވުމުންނެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުގެ ރޯދަ މަހުގެ ކަރަންޓު ބިލުން ވެސް 10 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމައިފަ އެވެ.

13 Comments
ގުޅުންހުރި
ރާއްޖޭގެ ޔުނިވާސިޓީއަކުން އޮނަރަރީ ޑޮކްޓަރޭޓްކަން އެރުވި ފުރަތަމަ ބޭފުޅަކަށް ޝައިހް އިސްމާއިލް
މިއީ ހޫނު ދުވަސްވަރެއް، ކޮންމެހެން ބޭނުންވާ މިންވަރަށް އެކަނި ކަރަންޓު ބޭނުންކުރޭ:
އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ އިސްލާމީ އުއްމަތަށް ރައީސް ދެއްކެވި ނަމޫނާއެއް، ސެލިއުޓް
ޝިޔާމް، ޖަމީލަށް: ރައްޔިތުން ހޮވި ވެރިއަކީ ރައީސް މުއިއްޒު ކަމަށް ހިތަށް
ގާޒާގެ ކުޑަކުދިން ކައިގެން ތިބެނީ ދުވާލަކު އެއްއިރު!
އިނގުރައިދޫ މީހުން މިދިލިއޮށް ހޮވުން ކައުންސިލުން މަނާކޮށްފި