ކަރަންޓު ބިލު ދައްކަން ދަތިވާ ފަރާތްތަކަށް ލުއި ގޮތެއް ހަމަޖައްސައިދިނުމުގެ ގޮތުން ބިލަށް ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކޮށްދޭން އެދުމުގެ ފުރުސަތު ސްޓެލްކޯ އިން ހުޅުވާލައިފި އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސްޓެލްކޯ އިން މަސައްކަތް ކުރާނީ އަބަދުވެސް އިހުލާސްތެރިކަމާއެކު ކަމަށެވެ.
އެގޮތުން އެ ކުންފުންޏަކީ އަބަދުވެސް ކަސްޓަމަރުންނަށް އެންމެ ލުއި ފަސޭހަ ގޮތް ހޯދައިދޭން މަސައްކަތްކުރާ ކުންފުންޏެއް ކަމަށް ވިދާޅުވި އެވެ.
ފަހުމީ ވިދާޅުވީ، މިހާރު ސްޓެލްކޯގެ ވެބްސައިޓް މެދުވެރިކޮށް ބިލަށް ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކޮށްދޭން އެދުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާނެ ކަމަށެވެ.
”މިކަމުގައި އަޅުގަނޑަށް ނުވަތަ ސްޓެލްކޯގެ އެއްވެސް ވެރިއަކަށް ގުޅާކަށް ނުޖެހޭނެ،“ ފަހުމީ އެކްސްގައި ވިދާޅުވި އެވެ.
އެހެން މަސްތަކާ ހިލާފަށް ރޯދަމަހަކީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ މަހަކަށްވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރެކޭ އެއްގޮތަށް، މި އަހަރުގެ ރޯދަމަހު ވެސް ކަރަންޓު ބިލުން 10 ޕަސަންޓުގެ ޑިސްކައުންޓު ދިނުމަށް ނިންމައިފަ އެވެ.
އެ ޑިސްކައުންޓް ދޭން ސްޓެލްކޯ އިން ނިންމާފައިވަނީ ރޯދަމަހަށް ވަކި ކަރަންޓު ބިލެއް ހަދައިގެންނެވެ. ރޯދައަށް ވަކި ބިލެއް ތައްޔާރުކުރުމަށް ކުރާ މަސައްކަތުގެ ސަބަބުން ފެބްރުވަރީ މަހުގެ ބިލު ވަނީ ކުރިން ފޮނުވައިފަ އެވެ. އެހެންވެ ކަސްޓަމަރުންނަށް ޖަނަވަރީ މަހުގެ ބިލާއި ފެބްރުވަރީ މަހުގެ ބިލު ލިބޭނީ ގާތްގާތުގައެވެ.

8 Comments
ގުޅުންހުރި
މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ގަޑިއިރެއް ތެރޭ ކަރަންޓު ދީފި
1 ޖޫންގައި މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލައިގެ ތަހުގީގު އަދިވެސް
އިޒްރޭލުން ގޭސް ގަންނަން މިސްރުން އެއްބަސްވެއްޖެ، އަގު 35 ބިލިއަން ޑޮލަރު!
މައްސަލަ ހައްލުކޮށް، މުޅި މާލެ ސަރަހައްދަށް އަލުން ކަރަންޓު ދީފި
ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓް ދެވިއްޖެ: ސްޓެލްކޯ
މުޅި މާލެ ސަރަހައްދުން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެ