މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމަށް ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ފަރުހަތު ޝަހީރު މިއަދު އައްޔަންކޮށްފި އެވެ.
މިފްކޯގެ ސީއީއޯގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ޔުކްރެއިންގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ލުބިމޯވް އިއްޔެ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އޭނާއަކީ މިފްކޯގެ ސީއީއޯގެ މަގާމަށް އައްޔަންކުރި ފުރަތަމަ ބިދޭސީ ބޭފުޅާ އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިރޭ ބުނީ، މިފްކޯގެ ސީއީއޯ އަދި އެމްޑީ ކަމަށް ފަރުހަތު އައްޔަން ކޮށްފައިވާ ކަމަށެވެ.
ފަރުހަތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އެވެ. އޭނާ ސިފައިންގޭގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވީ ފެބްރުއަރީ 2012 ވަނަ އަހަރު އެވެ. އެއީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައީސް ކަމުގައި ހުންނެވި އިރުގަ އެވެ.
އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފަރުހަތު ވަނީ އައިޖީއެމްއެޗްގެ ސީއީއޯގެ މަގާމަށް އައްޔަން ކުރައްވައިފަ އެވެ. އެ މަގާމުގައި ހުންނަވައިގެން އައިޖީއެމްއެޗުގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ފަރުހަތު ގެންނެވި އެވެ.

1 Comment
ގުޅުންހުރި
އިތުރު ފަރުވާއަށް ޔުމްނު މެލޭޝިއާއަށް، ފަރުވާގެ ފުރަތަމަ ބުރަށް ބޭނުންވާ ފައިސާ
މައްސަލައެއް ހޫނުވިޔަ ނުދޭން އިސްތިއުފާ ދިނުމަކީ އެންމެ ރީތި ޑިމޮކްރެޓިކް އުސޫލު:
ކުރިން ބުނި އެތި ކެންސަލް! ފުލުހުންގެ އިދާރާ ހިންގެވުން ނަވީނަށް
ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ޑީސީޕީ ފަރުހާދާ ހަވާލުކޮށްފި
ޕޮލިސް ކޮމިޝަނަރުގެ މަގާމުން ޝުޖާއު އިސްތިއުފާ ދެއްވައިފި
ހާދިސާ ހިނގިތާ 8 ދުވަސް ފަހުން ވަނަވަރު އާންމުކުރި އެންމެންގެ ފޯނު