އޭޕްރިލް 20, 2025

މި ސަރުކާރަކުން ޝަރުއީ ނިޒާމަށް އަތާއި ފަޔެއް ނުބާނާނެ، ކޯޓު ފުރާޅުގެ ޓިނެއް ނުނަގާނެ: ފަލާހު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޝަރުއީ ނިޒާމަށް އަތާއި ފައި ބާނައި ސުޕްރީމް ކޯޓުގެ ޓިނެއް ނުނަގާނެ ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ކުޑަކުރަން މި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރި ބިލާ ގުޅިގެން ސަރުކާރުން ޝަރުއީ ނިޒާމަށް، ހާއްސަކޮށް އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން އުޅޭކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.

އެ ތުހުމަތުތަކާ ގުޅިގެން އިނގުރައިދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ފަލާހު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދަޅުވީ، ފެހި ގާނޫނުއަސާސީގެ ދަށުން ވެރިކަން ކޮށްފައިވާ ބައެއް ވެރިން ރާއްޖޭގެ ފަނޑިޔާރުގެއަށް އަތާއި ފަޔާއި ބާނައިގެން އުޅުނުކަން ނުދަންނަ ބަޔަކު ރާއްޖޭއާއި މުޅި ދުނިޔޭގައިވެސް ނޫޅޭނެ ކަމަށެވެ.

އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގޭގައި އާއިލާ އާއެކު އިންނަވަނިކޮށް ސިފައިން ބަރުހަތިޔާރާއެކު ނަޝީދުގެ އޯޑަރަށް އަބްދުﷲ ގާޒީ ’އުފުރާލައި‘ އަސްކަރީ މަރުކަޒެއްގައި ބަންދުކޮށް އާއިލާއަށްވެސް ފަނޑިޔާރުވީ ތަނެއް އަންގާނުލައި އުޅުނު ހަނދާން ނެތުނީތޯ ފަލާހު ސުވާލު އުފެއްދި އެވެ.

އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނުގެ ރޭވުމުގެ ދަށުން އޭރު އޮތް ސްޕްރީމް ކޯޓުގެ އަދަދު ފަހަކަށް ތިރިކޮށް، ދެ ފަނޑިޔާރުން ދުރުކޮށް، ފަހުން 1 ފެބްރުއަރީ 2028ގައި އަމުރެއް ނެރެ، މުޅި ސްޕްރީމް ކޯޓު ސިފައިން ލައްވާ ހިސާރުކޮށް، ފުރާޅުގައި ހުރި ޓިނަށް ދަންދެން ނަގާ ހިސާބަށް ގެންގޮސް، ފަނޑިޔާރު ޖަލަށް ލެއްވި ހަނދާން ޔާމީން ނެތުނީތޯވެސް ފަލާހު ސުވާލު އުފެއްދެވި އެވެ.

ފަލާހު އިތުރަށް ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ބޭރުކޮށް، އެމްޑީޕީގެ ސިޔާސީ އެކްޓިވެސްޓެއްގެ ގޮތުގައި މަގުމަތީ ހަރަކާތްތަކުގައި 2004 އިން ފެށިގެން އިސްކޮށް އުޅެމިންދިޔަ އަދި 2018 ގެ ރިޔާސީ އިންތިހާބުގައި ބ. އަތޮޅުގެ ރަށްތަކުގައި އެމްޑީޕީ ކެމްޕެއިން ޖަގަހަ ހުޅުވައި، ’ނާޗަރަންގީ ކުޅެހެދި‘ ހުސްނުއްސުއޫދަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަންދީ، ފަސް މެންބަރުންގެ ބެންޗު ހަތަކަށް އުފުލިކަން އެކަން ކުރިމީހުން ވެސް ހަނދާން ނެތުނީތޯ ސުވާލު އުފައްދައި އެވެ.

”ރައީސް މުއިއްޒުގެ ސަރުކާރުން މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތު ލިބިފައި އޮތަސް ޝަރުއީ ނިޒާމަށް އަތާއި ފަޔާއި ބާނައި، ފަނޑިޔާރުން ހައްޔަރުކޮށް، ސްޕްރީމް ކޯޓުގެ ފުރާޅުގެ ޓިނު ނެގުންފަދަ ދިމިގުރާތީ އުސޫލުތަކާއި ރޫލް އޮފްލޯ އާއި ޚިލާފު ކަންކަން އެ މަނިކުފާނުގެ ސަރުކާރުން ނުކުރައްވާނެއެވެ،“ ފަލާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޕާލިމެންޓްރީ ސްޕްރަމަސީ އަކީ ތިންބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއްގައި އަމުދުން ދަމަހައްޓަންޖެހޭ ކަމެއް ކަމަށާއި ފަނޑިޔާރުގޭގެ އަދަދު ކަނޑައަޅަން މަޖިލީހުން ގާނޫނަށް އިސްލާހު ގެނައުމަކީ އެ މަޖިލީހަށް ގާނޫނުއަސާސީ އާއި ގާނޫންތަކުން ލިބިދޭ މުތުލަގު ބާރެއް ކަމަށެވެ.

އަދި އެއީ ރައީސް މުއިއްޒު އަންގަވައިގެން މަޖިލީހުން ނިންމި ނިންމުމެއް ނޫން ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.

”ރައީސް މުއިއްޒަކީ ޑިމޮކްރަސީގެ ރޫލް އޮފް ލޯ އަށް އިހުތިރާމު ކުރައްވާ، އިންސާފުވެރިކަމާއި އަދި އަދުލުވެރި ކަމާއެކު ވެރިކަން ކުރައްވާ ރައީސެކެވެ. ފަނޑިޔާރުން ސިފައިންނެރެ ބަރުހަތިޔާރު ދައްކައިގެން ހައްޔަރުކޮށް، ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ފުރަގަހަށް ބޮޑިއަޅުވައި، ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ފަހަތުން ދުވަން ރައީސް މުއިއްޒެއް ނޫޅުއްވާނެއެވެ. އެހެން އުޅުނު މީހުންނަށް ހީވާނީ ހަސަނަށް ހީވި ހެންނެވެ. މިހާރު ވެގެން އެ އުޅެނީ އެހެންނެވެ.،“ ފަލާހު ވިދާޅުވި އެވެ.

19 Comments

  • Mohamed Fazeel މާރޗް 5, 2025

    Kickoff kuraanee barah kuriah

  • Ahmed Shujaau މާރޗް 5, 2025

    Haadha hadhaanves bahyey dhw

  • Farishath Fathimath މާރޗް 5, 2025

    Baanaane baanaifi thee dhogu hadhan thibi bayeh musaara dhineema.

  • Waldo Mohamed މާރޗް 5, 2025

    dhen ohtha baanany

  • Ok Dhw މާރޗް 6, 2025

    Kaley bunyas SC eyoh modenee.. bihaa kulhey hen Moothubey..

  • އަހުމަދް ޝާހީލް މުހައްމަދު މާރޗް 6, 2025

    Dhen othee biruveri dhuvas thakeh!

  • Ibrahim Solihu މާރޗް 6, 2025

    Vadi falhaau Kaley thi Gothan kithan faharu dhogu hadhanee Rayyathun varan ragalhan Egey muizzu thi kuraa vankan adhi gaanoonu fudaalan ulheykan mihaaru muizzu thihiree giyan dhaan kaari vefa

  • Fathimath Abdul Kareem މާރޗް 6, 2025

    Roadha tho ahaa bala esoru kaareega

  • Ahmed Ageel މާރޗް 6, 2025

    siyaasee meehaku thedenahadaane kan raiyathunna varah saafu koh egay

  • Aly Rayan މާރޗް 6, 2025

    thedeh aee, seelaa holiyah aiy baanaanee!

  • Aasimaa Abdhuraheem މާރޗް 6, 2025

    Baanaane baanaifi thee sanaakiyan thibeybaeh musaara dhineema kaley thiothah kithahfaharu dhogu hadhaanee rahyithun nakee thandhoru neyngey baeh nooney

  • Adam Hameed މާރޗް 6, 2025

    Thibeyfulhaathee abadhuves e irehgaahun na veriyakah sanaakiyaameeheh Abadhu sanaakiyan nuhureveyne kan hadhaakohgen dhiriulhun gendheveema ragalhuvaane

  • Mohamed Nimal މާރޗް 6, 2025

    Court ge tinu asluko negi tha MP falah??

  • Ahmed Ibrahim މާރޗް 6, 2025

    Athaa fayaa nubaanaa muizzu othee oriyaan ves baanaafa

  • Thasneef Rasheed މާރޗް 6, 2025

    ރޯމާ ދުވާލު ލޮލަށް ފެންނާން ހުންނަ ކަންކަމުގައި މިހާ ދޮގުހަދަނީ ކީއްކުރަން.. އަތާއި ފައި ބޭނިޔަސް ކުރެވޭނެ ކަމެއް އޮތީއެއްވެސް ނޫން.. ދެން އިންތިހާބެއްގަައިވެސް ލާރި އަޅާލީމަ ރައްޔިތުން ވޯޓު ވިއްކާނެ.. މިހާ ފަސޭހަކޮށް އޮތް ކަމަކަށް ދޮގުހަދައިގެން ފާފަ އިތުރު ކުރާނެކަމެއް ނެތެއްނު.

  • Mohamed Saabiu މާރޗް 6, 2025

    Ok botaco

  • Abdulla Faiz މާރޗް 7, 2025

    Alhe mi dhaairaa GA miyah vure thandhoru olhun filaa meeheh nethigen hovaafa huri meeheh tha mee mi gamaareh neyngey vaa eh nuvaa eh

  • Dhee Naa މާރޗް 7, 2025

    Yamin negee tinu dhw

  • Mohamed Faseeh މާރޗް 7, 2025

    Fdb ngb 💩

Leave a Reply to Ahmed Ibrahim Cancel reply