އަތޮޅުތެރެއާއި މާލެއާ ދެމެދު ދަތުރުކުރާ ލޯންޗުތަކަށް އަރައިފޭބުމުގައި ދިމާވާ ތަކުލީފުތަކަށް ހައްލެއް ގެނައުމުގެ ގޮތުން، މާލޭގެ ދެ ފެރީ ޓާމިނަލަކަށް އެ ލޯންޗުތަކަށް ގާތް ކުރެވޭނެ ގޮތް ހަދަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮނޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)ން ނިންމައިފި އެކަން އިއުލާންކޮށްފި އެވެ.
އެމްޓީސީސީން މިއަދު ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ނިންމެވުމެއްގެ ދަށުން އެ ގޮތަށް ނިންމެވީ ރަށްރަށުން މާލެ އަށް އަންނަ މީހުންނަށް ލުއިގޮތެއް ހަމަޖެއްސެވުމުގެ މަސައްކަތް އެ މަނިކުފާނު އެމްޓީސީސީއާ ހަވާލުކޮށްފައިވާތީ ކަމަށެވެ.
އެހެންވެ އެ ދެ ބަނދަރު ބޭނުންކުރަން ބޭނުންވާ މީހުން މި މަހުގެ 10 ގެ ކުރިން ހުށަހަޅަން އެދޭ ކަމަށެވެ. އެ ކަމަށް އެދި ހުށަހަޅަން ޖެހެނީ tsd@mtcc.com.mv އަށް އީމެއިލް ކޮށްގެންނެވެ. އަދި 7978865 އިން އިތުރު މައުލޫމާތު ސާފުކުރެވެން ހުންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނީ އެ ޓާމިނަލްތައް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލުމުން ރަށްރަށުން އަންނަ އަދި ފުރަަންދާ މީހުންނަށް ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

2 Comments
ގުޅުންހުރި
މެލޭޝިއާގައި ހުކުރު އަޅާ މީހުން 2 އަހަރަށް ޖަލަށް ލަނީ
ރާއްޖޭގެ ގްލޯބަލް އެމްބެސެޑަރަކަށް ވަން ޕީސްގައި ސަންޖީގެ ރޯލް ކުޅޭ ސްކައިލާ
ސަލްޓަން ޕާކު ތަރައްގީ ކުރަން ތިން މަހަށް ބަންދުކޮށްފި
ވިހެއުމުގެ ޗުއްޓީގެ މައްސަލައަކާ ގުޅިގެން ނަދާ ސެލޫން ހައިކޯޓަށް
މިއަހަރުގެ މިހާތަނަށް ތިން ލޯނަކަށް 1.3 ބިލިއަން ރުފިޔާ ނަގައިފި
ލައިންސަންސް ނެތް ނަރުހުންތަކެއް ވެސް މަސައްކަތް އެބަކުރޭ: ހެލްތު