މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލި ހުރިހާ މީހުންނަށް މި ދައުރުގެ ތެރޭގައި ބޯހިޔާވަހިކަން ހަމަޖެހިގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓް ހޯދުމަށް 20،000 އަށްވުރެ ގިނަ މީހުން ވަނީ ކުރިމަތިލައިފައެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ފަރާތްތަކުން އަލުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅަން ނުޖެހޭ ގޮތަކަށް މި ސަރުކާރުން ކަންކަން ކުރާނެ ކަމަށެވެ.
މިނިސްޓްރީން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެ ހުރިހާ ފަރާތްތަކަށް ބޯހިޔާވަހިކަން ހަމަޖެހިގެންދާނެ ކަމަށެވެ.
އެ 20،000 މީހުންގެ ތެރެއިން 4،000 ފްލެޓް ލިބޭ މީހުންގެ ގޮތުގައި ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ވެރިފައިކޮށް، ޝަރުތު ހަމަވި ލިސްޓެއް މިނިސްޓްރީން ވަނީ މިދިޔަ މަހުގެ 28 ގައި ވަނީ އާއްމުކޮށްފަ އެވެ.
އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނީ މި މަހުގެ 31 ގެ ނިޔަލަށެވެ. އެކަމަށް ހުޅުވާލިތާ ތިން ދުވަހުގެ ތެރޭގައި 700 އެއްހާ ޝަކުވާ ވަނީ ހުށަހަޅައިފަ އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4000 ފްލެޓް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ރިވިއުކޮށް، އެ 4،000 އިން ޝަރުތު ހަމަވާ ކަމަށް މި ސަރުކާރުން ނެރުނު ލިސްޓުގައި ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހެކެވެ.

19 Comments
ގުޅުންހުރި
ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައި ވަނިކޮށް އޭސީޕީ ދާއޫދު ޗުއްޓީއަށް
އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގުރާމަށް ހުޅުވާލައިފި
އަހަރަކު 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބުނި ބަންކަރިން އިން
ބިލެތްފަހި އެއާޕޯޓް: މިދިޔަ އަހަރު ހަވާލުކުރީ އެމްޓީސީސީއާ, މިއަހަރު ހަވާލުކުރީ އެމްއޭސީއެލްއާ
ރިފްއަތު ވެސް އޭސީސީއަށް ހާޒިރުވާން އަންގައިފި
ނަތީޖާ ނެރެދިނުން ފިޔަވައި އިތުރު އެއްވެސް ކަމަކަށް ޝައުގެއް ނެތް: ރައީސް