ހަތަރު ރަށެއްގައި ސިއްހީ ހިދުމަތް ދޭ ތަންތަނުގެ އާ އިމާރާތް ހަދަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.
އާރުޑީސީއާ ހަވާލުކޮށްފައިވަނީ ހދ. ހަނިމާދޫ އާއި އދ. މާމިގިލީ ހޮސްޕިޓަލާއި ކ. ގާފަރު ސިއްހީ މަރުކަޒު އަދި ކުޅުދުއްފުށި ސިޓީގެ ދަމަނަވެށި ހެދުމަށެވެ. އެ މަޝްރޫއުތަކުގެ ޖުމުލަ އަގަކީ 260 މިލިއަން ރުފިޔާ އެވެ.
ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުތަކުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހެއިރެވެ.
އާރުޑީސީއާ ހަވާލުކުރި މަޝްރޫއުތަކުގެ އަގުތައް:
- މާމިގިލީ ހޮސްޕިޓަލް އިމާރާތް ކުރަން: 105 މިލިއަން ރުފިޔާ
- ހަނިމާދޫ ހޮސްޕިޓަލް އިމާރާތް ކުރަން: 105 މިލިއަން ރުފިޔާ
- ގާފަރު ސިއްހީ މަރުކަޒު އިމާރާތް ކުރަން: 27 މިލިއަން ރުފިޔާ
- ކުޅުދުއްފުށީ ދަމަނަވެށި އިމާރާތް ކުރަން: 23 މިލިއަން ރުފިޔާ

ގުޅުންހުރި
ކުޅުދުއްފުށީގައި ޔަމަހާ ސާވިސް ސެންޓަރެއް ހަދަން އެމްޕީއެލް އާއި އެލިއާ އެއްބަސްވުމަކަށް
ކަށި މިޔަރުގެ މަސްވެރިކަމަށް ނޮވެމްބަރު މަހު ހުއްދަ ދެނީ
ކުޅުދުއްފުށި ޕޯޓުން އިތުރު މުހިންމު ހިދުމަތްތައް ދޭން ފަށައިފި, ވިޔަފާރިތަކަށް ލުއިވާނެ!
ހަނިމާދު އަށް ބަދަލުކުރާތީ ހިރިމަރަދޫގައި ގޯތީގެ ކަންކަން ނުކުރަން އެދިއްޖެ
ކުޅުދުއްފުށީގެ ފެން އުފައްދާ ނިޒާމަށް ބޭނުންވާ ހުރިހާ ހަކަތައެއް އިރުގެ ހަކަތައަށް
ކުޅުދުއްފުށީ ޕޯޓް ބޮޑުކުރުމުގެ މަޝްރޫއު އެމްޕީއެލްއާ ހަވާލުކޮށްފި