އޭޕްރިލް 29, 2025

ޕާފާމަންސް ދަށްވެގެން މިފްކޯ އިން ވަކިކުރި 3 މެނޭޖަރުން މަހެއް ނުވެ އަލުން ވަޒީފާއަށް

ސަރުކާރުގެ މަސް ކުންފުނި, މިފްކޯގެ ހިންގުން ހަރަދަނާކުރަން ކަމަށް ބުނެ މިދިޔަ މަހު އެ ކުންފުނިން ވަކިކުރި ތިން ޖެނެރަލް މެނޭޖަރަކަށް އަލުން ވަޒީފާ ދީފި އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި އެ ކުންފުނީގެ ކުރީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޑރ. ވިތާލީ ލުބިމޮފް މިދިޔަ ފެބްރުއަރީ 18 ވަނަ ދުވަހު މަގާމުން ވަކިކުރި މެނޭޖަރުންނަކީ:

  • ލޯކަލް ސޭލްސް އެންޑް މާކެޓިން ޖެނެރަލް މެނޭޖަރު – އައިޝަތު ރިޔާޒާ
  • ބިޒްނަސް ޑިވެލޮޕްމަންޓު ޖެނަރަލް މެނޭޖަރު – އައިމިނަތު ސަނިއްޔާ ޝަރީފު
  • ޕްރޮކިޔުމަންޓް ޖެނެރަލް މެނޭޖަރު – ހަސަން ޒާހިދު

މިފްކޯ އިން ކުރިން ބުނެފައިވާ ގޮތުން އެ ތިން މެނޭޖަރުން ވަކިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރީފޯމް އެޖެންޑާގެ ދަށުން ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ފަށާފައިވާ އިސްލާހީ އެޖެންޑާ ދަށުން ޕާފޯމަންސް ރިވިއުކުރުމަށް ފަހު އެވެ.

’ހަފްތާ‘ އަށް އެނގިފައިވާ ގޮތުގައި އެ ތިން މެނޭޖަރުން ވަކިކުރިތާ މަހެއް ނުވަނީސް އެ އެންމެނަށް އަލުން ވަނީ ވަޒީފާ ދީފަ އެވެ. ނަމަވެސް މެނޭޖަރުންގެ ވަޒީފާ އަލުން އިޔާދަކުރުމަށް ނިންމި ސަބަބެއް މިފްކޯއަކުން ނުބުނެ އެވެ.

މިފްކޯ އިން ވަކިކުރި ތިން މެނޭޖަރުންނަށް އަލުން ވަޒީފާ ދީފައި މިވަނީ ލުބިމޮފް ވަކިކުރުމަށްފަހު އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރަކަށް ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) ފަރުހަތު ޝަހީރު އައްޔަންކުރިތާ ހަފުތާއެއް ފަހުންނެވެ.

5 Comments

  • Sappey Mohamed މާރޗް 13, 2025

    Miotheee vaa verikameh genesaaa

  • Mohamed Didi މާރޗް 13, 2025

    މިފްކޯގެ ސީއީއޯ ބްރިގޭޑިޔާ ޖެނެރަލް ރިޓަޔަރްޑް ފަރްހަތު ޝަހީރުގެ ތިޔަނިންމެވުމަކީ މިފްކޯ އަށް ކޮއްދެއްވި އަގުހުރި ޚިދުމަތެއް
    ތިޔަ ތިން މުއައްޒަފުން ވަނީ އިޚްލާސް ތެރިކަމާއެކު މިފްކޯއަށް ޚިދުމަތް ޒުވާން އުމުރު ވޭތިކުރަމުން ގޮސްފައެވެ

  • Ali Shareef މާރޗް 13, 2025

    Vagun ge verikan…muiz (kazzab) himaayathuga…

  • Mohamed Kamil މާރޗް 14, 2025

    Rangalhah Rihaakuru olavaane kihaaru military meehun kakkan feshumun

  • Aasimaa Abdhuraheem މާރޗް 14, 2025

    Vagunge verikan

Leave a Reply to Mohamed Didi Cancel reply