މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ނައިބު ރައީސް މުހައްމަދު ފަޒީން އެ މަގާމުން ވަކިކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީން ގޮތެއް ނިންމުމުގެ މަސައްކަތް ފަށައިފައިވަނިކޮށް ފަޒީން އިސްތިއުފާ ދެއްވައިފި އެވެ.
ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ އިސްތިއުފާގެ ސިޓީގައި، ފަޒީން ވިދާޅުވީ، މިނިވަންކަމާ އެކު، ކޮމިޝަންގެ މެމްބަރެއްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަކީ މި ވަގުތަށް ވެވެން ނެތް ކަމަކަށް ވާތީ ކޮމިޝަންގެ މަގާމުތަކުން އިސްތިއުފާ ދެއްވާ ކަމަށެވެ.
މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް މިނިވަން ދިމިގްރާތީ މުޖުތަމައެއް ދެމެހެއްޓުމަށްޓަކައި ނޫސްވެރިކަމުގެ މިނިވަންކަމަށް ކެނޑިނޭޅި މަސައްކަތްކުރާ މީހެއްގެ ގޮތުގައި ދެމިހުންނާނެ ކަމަށް ފަޒީން ވިދާޅުވި އެވެ.
ފަޒީން އިސްތިއުފާ ދެެއްވާފައިވަނީ ބްރޮޑްކޮމްގެ އަންހެން މުވައްޒަފަޖަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ބަލަމުން ދަނިކޮށެވެ. އިސްތިއުފާގެ ސިޓީއާ އެކީ ފަޒީންގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކުރައްވައި އޭނާގެ ވަކީލު ސޮއިކުރައްވާފައިވާ ބަޔާނެއް ވެސް ޕޯސްޓް ކުރައްވާފައިވެ އެވެ.
އެ ބަޔާނުގައި ވަނީ އެ މައްސަލަ ކޮމިޝަނުގެ ކޮމިޓީއަކުންނާއި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އާއި ފުލުހުން ތަހުގީގު ކުރުމުން ވެސް ބުނި ބުނުން ފިޔަވައި ގުޅުވައިލެވޭނެ އިތުރު އެއްވެސް ހެއްކަކާއި ގަރީނާއެއް ވެސް ދެއްކިފައި ނުވުމަކީ މިއީ ބުހުތާނު ދޮގެކޭ ދަންނަވަން ޖެހޭ އެއް ސަބަބު ކަމަށެވެ.
ފަޒީން ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަންކުރެވުނީ 2021 ވަނަ އަހަރުގެ މާރޗް 7 ވަނަ ދުވަހުއެވެ. އަދި ކޮމިޝަންގެ ނައިބު ރައީސްގެ މަޤާމަށް އައްޔަންކުރެވުނީ 2023 ވަނަ އަހަރުގެ ޖެނުއަރީ 19 ވަނަ ދުވަހުއެވެ. އޭނާ ކުރިން ވަނީ ސީއެންއެމް އަދި ރާއްޖެ ޓީވީގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.




ގުޅުންހުރި
ނުރައްކާތެރިކޮށް ވެހިކަލް ދުއްވާނަމަ 20 އަހަރަށް ޖަލަށްލެވޭ ގޮތް ހަދަނީ
ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފި
އަނބިމީހާއަށް 15،000 ރުފިޔާ ދޭންޖެހޭ، އަތަކު އެކައްޗެއް ވެސް ނޯވޭ: އައްބާސް
ކުރީގެ ނައިބު ރައީސުންނަށް މަހަކު 25,000ރ. އިނާޔަތެއް ދޭން ސަރުކާރުގެ ފަރާތުން
ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދަނީ ދީލަތުވުމުން: ނާޒިމް
ޕީއެންސީއަށް ސޮއިކުރިތާ މަހެއް ނުވެ، މަހުލޫފަށް ޖަޕާނުގެ ސަފީރުކަން ދެނީ