މާލެ ސީޓީގެ ކާނިވާ ސަރަހައްދުގައި މިހާރު ހުރި ސްޓޭޖު ތަޅާލުމަށް ފަހު، އެ ތަނުގައި ހަދާ ސްޓޭޖު ހުންނާނެ ގޮތުގެ ކުރެހުން، މާލެ ސިޓީ ކައުންސިލުން ދައްކާލައިފި އެވެ.
ކާނިވާ ސަރަހައްދުގައި މިހާރު ހަދާފައިވާ ސްޓޭޖު ތަޅާލައި އާ ސްޓޭޖެއް ހެދުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އެ މަސައްކަތް ހަވާލުކުރީ ޔޫ.އެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމަން ހަވާލުކުރި އެ މަސައްކަތުގެ އަގަކީ 4.8 މިލިއަން ރުފިޔާ އެވެ.
އާ ސްޓޭޖްގެ ފޮޓޯ އަކާއެކު މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޒަމާންތަކެއް ވަންދެން ހަލާކުވެ ވީރާނާވާން ދޫކޮށްލާފައިވާ ކާނިވާ ސްޓޭޖް، ދެން ފެނިގެންދާނީ، އެންމެ ޒަމާނީ ފެންވަރުގެ ތަނެއްގެ ގޮތުގައި ކަމަށެވެ.

10 Comments
ގުޅުންހުރި
ބޮޑުތަކުރުފާނު މަގު ތަރައްގީކުރާތީ ރަސްމީ ފާލަން ފަޅު ބަންދުކޮށްފި
ރާއްޖޭގޭ ސަރަހައްދުތަކަށް ކެރީގެ އަސަރުކުރި ނަމަވެސް މާބޮޑު ވިއްސާރައެއް ނެތް: މެޓް
އަންނަ އަހަރު ކުރީކޮޅު ބޮޑުފޮޅުދޫގައި 50 ހައުސިން ޔުނިޓު އަޅައިދިނުމުގެ މަސައްކަތް
ދިއްފުށި ކައިރިން ލަންކާ މަސް ބޯޓެއް އަތުލައިގެންފި
ސޮއިކުރިތާ 12 ގަޑިއިރު ނުވަނީސް މަތިވެރި އެއާޕޯޓަށް ބިން ހިއްކަން ފަށައިފި
ދައުލަތުގެ އާމްދަނީން މީޑިއާތަކަށް 0.1 ޕަސެންޓް ދޭން އިއުލާންކޮށްފި