ހަމަލާ ނުދީ ތިބުމަށްފަހު އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގެ އެތަން މިތަނަށް ރޭ ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 404 އިން މައްޗަށް އަރާފައިވާ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.
އިޒްރޭލުން ޣައްޒާއަށް ހަމަލާ ދޭން ފަށާފައި މިވަނީ، އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާ ދިނުން މިދިޔަ ޖެނުއަރީ މަހު މެދުކަނޑާލުމަށް ވެފައިވާ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ނިމި ދެވަނަ މަރުހަލާ ކުރިއަށް ގެންދިއުމާ ގުޅޭ މަޝްވަރާތަކުގައި އިޒްރޭލުގެ ހުރިހާ ރަހީނުން މިނިވަންކުރަން އެމެރިކާ އާއި އިޒްރޭލުން ކުރި ޝަރުތަށް ހަމާސް އެއްބަސް ނުވުމުންނެވެ.
އިޒްރޭލުން ބުނި ގޮތުގައި އެ މީހުންގެ ހަމަލާތައް އަމާޒުކުރީ ހަމާސްގެ މަރުކަޒުތަކަށެވެ. އެގޮތުން ހާން ޔޫނިސް، ރަފާ، ޣައްޒާ ސިޓީ އަދި ދެއިރް އަލް ބަލާހަށްވެސް ހަމަލާ ދީފަ އެވެ.
ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނީ، ޝަހީދުވި 404 މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށެވެ. އަދި ހަމަލާތަކުގައި 562 މީހުންނަށް އަނިޔާވެގެން ޣައްޒާގެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ.
”އެތައް ބަޔަކު އަދިވެސް ތިބީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި،“ ޣައްޒާ ހެލްތް މިނިސްޓްރީން ބުންޏެވެ.
މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު އަމަލުކުރަން ފެށި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ ގާތްގަނޑަކަށް 1،800 މީހުން މިނިވަންކުރި އެވެ. ހަމާސް އިން ވަނީ މަރުވި އަށް މީހުންނާ އެކު އިޒްރޭލުގެ 33 މީހަކު ދޫކޮށްލައިފަ އެވެ.




5 Comments
ގުޅުންހުރި
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ އަވަހާރަވެއްޖެ
އަރުވާލެވިގެން 17 އަހަރު ހުރުމަށްފަހު ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު އެނބުރި ގައުމަށް
ޣައްޒާގެ ގެއެއް ވެއްޓި, އެއް އާއިލާއެއްގެ ފަސް މެންބަރުން ނިޔާވެއްޖެ
ސިޑްނީގެ ބޮންޑީ ބީޗުގައި ބަޑި ޖަހައި މަރާލި މީހުންގެ އަދަދު 15