ރާއްޖޭގައި ގާއިމް ކުރާ ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑް)ތަކުގައި ތަރައްގީ ކުރާ ސަސްޓެއިނަބަލް ޓައުންޝިޕްތަކަކީ އެންމެ މަތީ ފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަކުރާ ތަންތަނަށް ވާން ޖެހޭނެ ކަމަށް ބޯޑު އޮފް އިންވެސްޓުމެންޓުން އިއުލާންކޮށްފިއެވެ.
ބޯޑު އޮފް އިންވެސްޓުމެންޓުން އިއްޔެ ވަނީ ސްޕެޝަލް އިކޮނޮމިކް ޒޯނު ފްރޭމްވޯކުގެ ދަށުން ތަރައްގީ ކުރާ ޓައުންޝިޕްތަކުގައި ހުންނަން ޖެހޭނެ ޝަރުތުތައް ގެޒެޓުކޮށްފަ އެވެ.
އެ ޝަރުތުތަކުގެ ތެރޭގައި ސްޕެޝަލް އިކޮނޮމިކް ޒޯންތަކުގައި ތަރައްގީ ކުރާ ސަސްޓެއިނަބަލް ޓައުންޝިޕްތަކަށް މަދުވެގެން 500 މިލިއަން ޑޮލަރު އިންވެސްޓު ކުރަން ޖެހޭނެ އެވެ. އިތުރު ޝަރުތެއްގެ ގޮތުގައި ހިމަނާފައިވަނީ ސަސްޓެއިނަބަލް ޓައުންޝިޕްތަކަކީ އެންމެ މަތީ ފަންތީގެ މީހުން ރާއްޖޭގައި ދިރިއުޅެން ކަމުދާނެ ގޮތަކަށް ތަރައްގީ ކުރާ ތަންތަނަށް ވާން ޖެހޭނެ ކަމަށެވެ.
ސަސްޓެއިނަބަލް ޓައުންޝިޕްތަކުގައި ހުންނަން ޖެހޭ ޝަރުތުތައް:
– ލަގްޒަރީ ވިލާ އަދި އާއިލާތަކަށް ހާއްސަ އެންމެ މަތީ ފަންތީގެ ގެތައް ހުންނަން ޖެހޭނެ
– މި ސަރަހައްދުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ތައުލީމު ނުވަތަ ހެލްތު ޓޫރިޒަމް ގައުމަކަށް ރާއްޖެ ވާނެ ފަދަ ދުނިޔޭގެ ފެންވަރުގެ މަތީ ފަންތީގެ ތައުލީމީ އަދި ސިއްހީ ހިދުމަތްތައް ހުންނަން ޖެހޭނެ
– އެންމެ މަތީ ފަންތީގެ ލަގްޒަރީ ރިސޯޓާއި ހޮޓާ އަދި މެރީނާ ހުންނަން ޖެހޭނެ
– މަދުވެގެން %60 ދެމެހެއްޓެނިވި ހަކަތަ ބޭނުންކުރާ ހަކަތަ އާއި ކުނި މެނޭޖްކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ހުންނަން ޖެހޭނެ
– ޒަމާނީ ދަނޑުވެރިކަމުގެ ވަސީލަތްތަކާއި އެކުއަކަލްޗާ މެދުވެރިކޮށް ފުޑް ސެކިއުރިޓީ ޔަގީން ކުރުމަށް މަދުވެގެން ދެ ބާވަތެއް އުފައްދަން ޖެހޭނެ
– މަތީ ފަންތީގެ މީހުންގެ ދިރިއުޅުން ބިނާ ކުރުމަށް ބޭނުންވާނެ އެހެނިހެން ތަންތަން ގާއިމް ކުރަން ޖެހޭ
– އެ ސަރަހައްދުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި އެ މީހުންގެ އާއިލާތަކަށް ބޭނުންވާނެ ސިއްހީ، ތައުލީމީ އަދި ރެކްރިއޭޝަނަލް ވަސީލަތްތައް ގާއިމް ކުރަން ޖެހޭނެ




7 Comments
ގުޅުންހުރި
ދައުރު ނިމުމުގެ ކުރިން ގޯއްޗާއި ފުލެޓުތަކަށް ވަދެވޭނެ: މުއްތަލިބު
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލައިފި
ވާދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، ދެ މީހަކު ގެއްލިއްޖެ
ރިސޯޓެއްގެ ޑަސްބިނުން ފެނުނު ކުއްޖާގެ ޖަނާޒާ ބާއްވައިފި
ގިނަ ތުހުމަތުތަކަކާއެކު ޝަހީދު ލެގަސީ، ”ޓޫއޮފްއަސް“ އިން ވަކިވެއްޖެ