ތެލެސީމިއާ ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށް ނުދެވޭތީ ތެލެސީމިއާ ބަލީގެ މީހުންނާއި އެ މީހުންގެ އާއިލާގެ މެންބަރުން އެ ސެންޓަރުންގެ ވެރިންގެ އިސްތިއުފާއަށް ގޮވާލައި ރޭ މުޒާހަރާ ކުރުމުން އެ ސެންޓަރުގެ ހާލަތު ބައްލަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ ތެލެސީމިއާ ސެންޓަރަށް ރައީސް ވަޑައިގެން އެ ސެންޓަރުގެ ހުރިހާ ޑިޕާޓްމަންޓުގެ ހާލަތު ބެއްލެވި ކަމަށެވެ. އަދި އެ ވަގުތު ހިދުމަތް ހޯދަމުންދިޔަ ޕޭޝަންޓުންގެ އާއިލާތަކާ ބައްދަލުކުރައްވައި އެ މީހުންގެ ކަންބޮޑުވުންތައްވެސް އެ މަނިކުފާނު އަޑުއެއްސެވި ކަމަށް ބުންޏެވެ.
”އާއިލާތަކުން ފާޅުކުރި ކަންބޮޑުވުންތަކަށް މި ވަގުތުން ފެށިގެން ހައްލު ކުރެވެން ހުރި ހުރިހާ ކަމެއް ހައްލު ކުރުމަށް ކަމާބެހޭ އިދާރާތަކުގެ ވެރިންނާ މަޝްވަރާ ކުރައްވައިގެން ފިޔަވަޅުތައް އަޅަން ސަރުކާރުން ފައްޓަވައިފި،“ ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ، ތެލެސީމިއާ ސެންޓަރުގައި ޒަމާނުއްސުރެ ހުރި މައްސަލަތައް ހައްލުކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅިފައި ނެތް ކަމަށެވެ. ނަމަވެސް މިހާރު ހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.




2 Comments
ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަސްތަކުގައި ވެސް ހިދުމަތްދޭން ފަށައިފި