މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީން އަތުން ނާޖާއިޒު މަންފާތަކެއް ނެގި ކަމަށް ބުނާ މައްސަލައެއްގައި ހައްޔަރުކުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދުގެ އަނބިކަނބަލުން ހިދްފާ ފާއިޒްގެ ފޯނު ހިފަހައްޓައިފި އެވެ.
ޝަމްއާން ހިމެނޭހެން އިމިގްރޭޝަން އޮފިސަރުންތަކެއް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީން އަތުން ނާޖާއިޒް މަންފާތަކެއް ނެގި ކަމަށް ބުނާ މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. އެ މައްސަލައާ ގުޅިގެން އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ވަކިކޮށްފައިވާއިރު، ކޯޓު އަމުރެއްގެ ދަށުން ޝަމްއާން ހައްޔަރުކޮށް 15 ދުވަހަށް ވަނީ ބަންދުކޮށްފަ އެވެ.
ފުލުހުން މިއަދު ބުނީ، އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ފުރުން މަނާކޮށްފައިވާ ކަމަށެވެ. އަދި ޝަމްއާންގެ އާއިލާ މެންބަރެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށްވެސް ބުންޏެވެ.
’ހަފްތާ‘ އަށް އިތުބާރު ހުރި މަސްދަރަކުން ކަށަވަރުކޮށްދިން ގޮތުގައި ހިފަހައްޓާފައިވަނީ ޝަމްއާންގެ އަނބިކަނބަލުންގެ ފޯނެވެ. ނަމަވެސް ފުރުން މަނާކުރި ދެ މީހުންގެ މައުލޫމާތެއް އަދި ނުލިބެ އެވެ.
ޝަމްއާނަށް ފުލުހުން ތުހުމަތު ކުރަނީ ގިނަ އަދަދެއްގެ ފައިސާ އާއެކު އިމިގްރޭޝަންގެ ހައްޔަރަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު އެ ބިދޭސީ މީހާގެ އަތުން 530،000 ދިވެހި ރުފިޔާގެ ރިޝްވަތު ނެގިކަމުގެ ތުހުމަތެވެ. އެ މައްސަލައާ ގުޅިގެން ޝަމްއާން ދިރިއުޅޭގެ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމަށް ދަށަށް ގެންގޮސް، ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

12 Comments
ގުޅުންހުރި
ފޭކު ސްލިޕު ފޮނުވައިގެން ޒައިދާންއާއި އޭނާގެ އަންހެނުން ހައްޔަރުކޮށްފި
މާލޭ ގެއެއްގެ ދެވަނަ ބުރިން އަންހެނަކު ވެއްޓި ފަރުވާދެނީ
އެކްސިޑެންޓެއްވުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފި
ފިހާރައެއް ފަޅާލައި ވަގަށްނެގި ތަކެތި ވަޅުލައިފައި ހުއްޓާ ހޯދައިފި
މަޖިލީހުގެ 65 މެންބަރަކާއި ސިފައިންނާއި ފުލުހުންގެ 80 ޕަސެންޓް ޖެމްކިއު ބޭނުންކުރޭ:
ރައުދު ރާއްޖެއިން ބޭރަށް ފުރި ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި