މި ރޯދަ މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 7.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ރާއްޖޭގެ ޒަކާތު ހައުސިން އިން ބުނެފި އެވެ.
މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޒަކާތު ހައުސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެ މުއްދަތުގައި އޮންލައިންކޮށް އަދި ޒަކާތު ހައުސްގެ ކައުންޓަރުތަކުން ރޯދަ މަހުގެ ފުރަތަމަ 10 ދުވަހު 2،913،839.61ރ. އަދި މެދު 10 ގައި 4،718.372.42ރ. އާއެކު ޖުމުލަ ޖުމުލަ 7،623،214ރ. ވަނީ ބަލައިގެންފަ އެވެ.
މިއީ މިދިޔަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު އަދަދަށްވުރެ 2.9 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މިދިޔަ އަހަރުގެ ފުރަތަމަ 10 ދުވަހު ލިބުނީ 1،601،209ރ. އެވެ. އަދި މެދު 10 ގައި ލިބުނީ 2،913،839.61ރ. އެވެ.
ފަހު 10 ގައި ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ (23 މާޗް އިން 30 މާޗް އަށް) ހުކުރާއި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރުފަހު 2:00 އަށެވެ. މާލެ ސިޓީ ފިޔަވައި އެހެން ރަށްރަށުގައި ނަގުދު ފައިސާ އިން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނީ އެ ރަށެއްގެ ކައުންސިލުންނެވެ.

3 Comments
ގުޅުންހުރި
ދިވެހި ހައްޖުވެރިން އެނބުރި އަންނަން ފަށައިފި
ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ފުރައިފި
މައްކާ ރޫޓްގައި ރާއްޖެ ހިމެނުމުން އެނގެނީ ދެ ގައުމުގެ ދެމެދު އޮތް
މިދިޔަ އަހަރު ކިޔާފައިވާ ހުތުބާތަކުގެ އިނގިރޭސި ތަރުޖަމާ ނެރެފި
ތާރީހީ ދުވަހެއް: 40 އަހަރަށްފަހު ހަރަމްފުޅެއްގެ އިމާމަކު ރާއްޖެއަށް، ކިއީ ރަތް
އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖެއްސި ފަރާތްތަކަށް ރައީސްގެ ޝުކުރު