ސެންޓްރަލް މިޔަންމާއަށް 7.7 މެގްނިޓިއުޑްގެ ބާރުމިނުގައި މިއަދު ބިންހެލުމެއް އަތުވެއްޖެ އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނާ ގޮތުގައި މިޔަންމާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ މަންޑަލޭގެ 17 ކިލޯމީޓަރު ބޭރަށް އެ ބިން ހެލުން އައީ ބިންގަނޑުގެ 10 ކިލޯމީޓަރު އަޑިއަށެވެ. އަދި ފުރަތަމަ ބިންހެލުމަށް ފަހު 6.4 މެގްނިޓިއުޑްގައި ދެވަނަ ބިންހެލުމެއް އައި ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
ބިންހެލުމާއި ގުޅިގެން ބެންކޮކުގެ ޗަޓުޗަކް މާކެޓު ކައިރީގައި ހަދަމުންދިޔަ އިމާރާތެއް ބިމާ ހަމަވެފައިވާއިރު އެ ގައުމުގެ ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި އެ އިމާރާތުގެ ދަށުގައި 43 މީހުން ތާށިވެ ދެ މީހަކު ވަނީ މަރުވެފަ އެވެ. އަދި މިޔަންމާގައި މިސްކިތެއް ވެއްޓި ތިން މީހަކު މަރުވެފައިވާއިރު، ބައެއް އާސާރީ ބިނާތަކަށް ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ބިންހެލުމާއި ގުޅިގެން ތައިލެންޑާއި މިޔަންމާގައިވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، މިޔަންމާގެ ބޯޑަރުގައި އޮންނަ ޗައިނާގެ ޔުނާން ޕްރޮވިންސަށް ވެސް ބިންހެލުމުގެ އަސަރުކޮށްފައިވާ އެ ގައުމުގެ މީޑިއާތަކުން ބުނެ އެވެ.




ގުޅުންހުރި
ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތުނެގުން ކުރިޔަށް ދަނީ
މަރުވި ދެ ގައިދީންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވައިފި
ކާބޯތަކެތީގެ އަގު ބޮޑުނުވެ މިރޯދަމަހުވެސް ލިބޭނެ: ސަރުކާރު
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު
ހުއިފިލަނޑާތަކުގެ މައްސަލައިގައި ފުލުހަކު ސަސްޕެންޑުކޮށްފި
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ