މިޔަންމާއަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1,000 އިން މައްޗަށް އަރައިފި އެވެ.
މިޔަންމާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ، މަންޑަލޭގެ 17 ކިލޯމީޓަރު ބޭރުގެ ބިންގަނޑުގެ 10 ކިލޯމީޓަރު އަޑިއަށް އިއްޔެ އައީ 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެކެވެ. އޭގެ އިރުކޮޅެއް ފަހުން 6.4 މެގްނިޓިއުޑްގައި އާފްޓާޝޮކެއް ވެސް އައެވެ.
އެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ރެއާ ހަމައަށް ހުރީ 150 ގައެވެ. ނަމަވެސް މިޔަންމާގެ އަސްކަރީ ސަރުކާރުން މިހާރު ބުނާ ގޮތުން ބިންހެލުމުގައި 1,002 މީހުން މަރުވެ, 2,376 މީހުންނަށް ވަނީ އަނިޔާވެފަ އެވެ. އަދި 30 މީހުން ގެއްލިފައިވާއިރު އެންމެ ގިނަ މީހުން މަރުވީ މިޔަންމާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ މަންޑަލޭ އިންނެވެ.
ބިންހެލުމާއި ގުޅިގެން ދެންމެ އެންމެ ބޮޑަށް އަސަރުކުރީ ތައިލެންޑަށެވެ. އެ ގައުމުގެ ވެރިރަށް ބެންކޮކުގައި ހަދަމުންދިޔަ 33 ބުރީގެ އުސް އިމާރާތެއް ވެއްޓިފައިވާ އިރު، އެ ހާދިސާގައި މަރުވެފައިވަނީ 10 މީހުންނެވެ.
ތައިލެންޑުގެ އިންޓީރިއާ މިނިސްޓަރު އަނޫޓިން ޗާންވިރާކުލް ވިދާޅުވީ އިމާރާތުގެ ދަށުގައި 90 އާއި 110 އާ ދެމެދުގެ އަދަދެއްގެ މީހުން އަދިވެސް ތާށިވެފައިވާ ކަމަށެވެ.




1 Comment
ގުޅުންހުރި
އިންޑިއާގައި ނަމާދަށް އިން މީހެއްގެ ގައިގާ ތަޅައި އަނިޔާކުރާ ވީޑިއޯއެއް
އެއްމާބަނޑު ދެބެން, އެއްމާބަނޑު ދެބެންއާ ކައިވެނިކޮށްފި
އެޕްސްޓީންއާ ގާތް ގުޅުމެއް އޮތް އެންޑްރޫ ރަސްކަމުގެ ތަރުތީބުން އުނިކުރުމުގެ މަސައްކަތް
މެކްސިކޯ ޑުރަގް ބޮޑުގެ މަރާއެކު ހަމަނުޖެހުން، ކޮންޓްރޯލް ކުރަން 10,000 ސިފައިން
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!