އީދު ދުވަހުގެ އަޒުމަކަށްހަދަންވީ ކުރިއަށް އޮތް ދުވަސްތަކުގައި އަމިއްލަ ނަފްސު އިސްލާހުކުރުމަށް މަސައްކަތް ކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ފިތުރު އީދުގެ މުނާސަބަތުގައި ގުޅިގެން ރައީސް މިރޭ ފޮނުއްވެވި ހިތޯބުގައި ވިދާޅުވީފިތުރު އީދަކީ ދަރުމައާއި ދީލަތިކަމުގެ މޫސުމެއް ކަމުގައިވާ ރޯދަމަސް، ނިމުމުން އަންނަ ދުވަހެއް ކަމަށާއި އިލްމުވެރީން ވިދާޅުވާ ގޮތުގައި އީދުގެ އެންމެ މަތިވެރި މަގުސަދަކީ ރޯދައިގެ އަޅުކަން ފުރިހަމަކުރުމަށް ދެއްވި ފުރުސަތަށްޓަކައި މާތް ﷲއަށް ހަމްދުކުރުމާއި ޝުކުރުކުރުވެރިވުން ކަމަށެވެ.
”ކޮންމެ މީހަކުވެސް ހާއްސަކޮށް، ރަމަލާންމަހު އަމިއްލަ ނަފުސުގެ އިސްލާހަށް އެދި ﷲގެ ހަޒްރަތުގައި ދެންނެވި ފަދައިން ކުރިޔަށް އޮތް ދުވަސްތަކުގައި އަމިއްލަ ނަފްސު އިސްލާހުޙުކުރުމަށް މަސައްކަތްކުރެއްވުމަށް ބާރުއަޅުއްވާފައިވެއެވެ. އަދި އީދުގެ އުފާތައް ލިބިގަތުމުގައި ވެސް އަދި އޭގެ ފަހުން ވެސް، ކޮންމެ ކަމެއްގައި އިސްލާމްދީނުގެ މަތިވެރި އިމުގެ ތެރޭގައި ހުރިހައި އަމަލުތަކެއް ބެހެއްޓުމަށް އެމަނިކުފާނު ނަސޭހަތްތެރިވަން“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މުސްލިމުންގެ މުޅި ދިރިއުޅުން ބިނާވެފައި އޮންނަންވާނީ ހެޔޮކަމުގެ މައްޗަށް ކަމަށާއި ކުރާ ކޮންމެ ކަމެއް ހެޔޮގޮތުގައި ކުރުމާއި، ބުނާ ކޮންމެ ބަހެއް ހެޔޮގޮތުގައި ބުނަންވާނެ ކަމަށެވެ.
އީދުގެ އުފާ ފާޅުކުރަމުން ދާއިރު ގާޒާގެ މުސްލިމު ރައްޔިތުންގެ މަތިން ހަނދާންކުރުމަށް ކުޑަވެސް ފަނޑުކަމެއް އަޔަދީގެން ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.




15 Comments
ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި