ފިތުރު އީދު ދުވަހު (މާދަމާ) ހަވީރު މާލެއާއި ހުޅުމާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިރޭކުރި އިއުލާނެއްގައި ބުނީ ފިތުރު އީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން އީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން އެ ގަޑިތަކުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭ މަގުތަކުގައި އިންޖީނުލީ އަދި ބެޓެރި އުޅަނދު ދުއްވުމަކީ މަނާކަމެއް ކަމަށް ކައުންސިލުން ބުންޏެވެ.
އެ ގަޑިތަކުގައި އިމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ހާއްސަ ސްޓިކާ އެ ކައުންސިލްގެ ތައިސޭކޮށީގައި ހުންނަ އާންމު ޚިދުމަތާ ބެހޭ ބައިން މާދަމާ 08:00އިން 14:00އަށް ލިބެން ހުންނާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
އެ އެންގުމާ ހިލާފުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.




ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް