ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެން އެ މަޖިލީހަށް ވަދެވަޑައިގަންނަވާ ތަނުން މެންބަރުންގެ މުސާރަ ކުޑަކޮށްފިނަމަ، ކެމްޕޭން ކުރުމަށް ނެގި ދަރަނިތައް އަދާ ނުކުރެވޭނެ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރުމަށް ގޮވާލައި އޮންލައިން ޕެޓިޝަނެއްގައި ސޮއި ހޯދުމުގެ މަސައްކަތް އެކި ފަރާތްތަކުން ކުރަމުންދާތީ ފަލާހު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެންބަރުންގެ މުސާރަ ކުޑަކުރުމަކީ ރަނގަޅު ކަމެއް ކަމަށެވެ.
ނަމަވެސް 19 ވަނަ މަޖިލީހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮވެމެ މަޖިލީހުގެ އެ ދައުރު ނިމިގެން ދިޔައިރު މެންބަރެއްގެ މުސާރަ 100،000 ރުފިޔާއަށް ބޮޑުކުރަން ކަމާގުޅުން ހުރި ކޮމިޓީއަކުން ފާސްކޮށްފައި އޮތް ކަމަށާއި ނަމަވެސް އެކަން އެގޮތަށް ނުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން ނުކުރުމަށް އިރުޝާދު ދެއްވުމުން ކަމަށް ފަލާހު ވިދާޅުވި އެވެ.
”އަޅުގަނޑުގެ ވިސްނުން ދަންނަވަން. މަޖިލީސް މެމްބަރުންގެ މުސާރައަށް ބަދަލު ގެނައުން ރަނގަޅީ މަޖިލީސް ދައުރެއް ނިމި އާ ދައުރެއްގެ އިންތިހާބަށް. ސަބަބަކީ އެތައް މިލިއަން ރުފިޔާ ހަރަދުކޮށް މަޖިލީހަށް ވަންނަ ތަނުން މުސާރަ ކުޑަކޮށްލުމުން އިިންތިހާބަށް ނެގި ދަރަނި އަދާކުރާނެ ގޮތެއް ނޯންނާނެ،“ ފަލާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 21 ވަނަ މަޖިލީހުގެ މެންބަރެއްގެ މުސާރައަށް 5،000 ރުފިޔާ ކަނޑައެޅުމުން، އެ ދައުރަށް އިންތިހާބުވާ މެންބަރަކު އެ މުސާރަ ރަނގަޅުވެގެން ކުރާނެ ޝަކުވާއެއް ނޯންނާނެ ކަމަށެވެ. އަދި ކުރީގެ ރައީސުންގެ އިނާޔަތްތަކާއި ފަނޑިޔާރުންގެ އިނާޔަތްވެސް ކުޑަކުރުމަށް ޕެޓިޝަންގައި ”ޖަހާލިނަމަ ސަޅިވީސް“ ކަމަށް ފަލާހު ވިދާޅުވި އެވެ.




18 Comments
ގުޅުންހުރި
ބޭރު ފައިސާއިން ސާވިސް ޗާޖު ދޭންޖެހޭ ގޮތް ހަދަން އިސްލާހެއް ހުށަހަޅަނީ
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
28 ޖަލްސާއެއް ބޭއްވުމަށްފަހު މެންބަރުން އަރާމުކުރައްވަން މަޖިލިސް ދެ މަހުގެ ޗުއްޓީއަކަށް
ޖަޕާނުގެ ސަފީރަކަށް މަހުލޫފް އައްޔަންކުރަން ރުހުންދީފި، އެމްޑީޕީގެ މެންބަރުން ވޯޓު ދިން
އަތޮޅު ކައުންސިލުތައް އުވާލާ ބިލު ތަސްދީގުކުރައްވައިފި
މެސެޖާ ގުޅިގެން މައާފަށް އެދިފައިވަނިކޮށް، އިޖުތިމާއީ ކޮމިޓީން އަސްމާ ވަކިކޮށްފި