މާލެއަށް ދަތުރު ކުރަމުން ދަނިކޮށް އަލިފާން ރޯވެ، އަނދައި ހުލުވި ހޮޅުދޫ ބޯޓުން އެކަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މާލެ އާއި ލ. އަދި ތ. އަތޮޅާ ދެމެދު ދަތުރުކުރާ ލ. އަތޮޅަށް ނިސްބަތްވާ އެ ބޯޓުގައި ރޯވީ ތ. ކަނޑޫދޫން މުދާ ބަރުކޮށްގެން، މާލެއަށް ދިއުމަށް ދަތުރު ފެށިތާ ކުޑައިރުކޮޅެއް ތެރޭގަ އެވެ.
އެ ހާދިސާގައި ބޯޓު އެއްކޮށް އަނދައި ހުލިވެފައިވާއިރު، އެމްއެންޑީއެފުން ދެންމެ ބުނީ، ބޯޓުގައި އަލިފާން ރޯވި އިރު، ކެޕްޓަނާއެކު 18 މީހުން ތިބި ކަމަށެވެ.
އޭގެތެރެއިން 17 މީހަކު ސަލާމަތް ކޮށްގެން ކަނޑޫދޫއަށް ގެންގޮސްފައިވާއިރު އެކަކު ވަނީ ގެއްލިފަ އެވެ. ގެއްލިފައިވަނީ ލ. މާވަށަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ އަލީ މުޝްފިގު މުހައްމަދެވެ.
’ހަފްތާ‘ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯޓުގައި އަލިފާން ރޯވުމުން މުޝްފިގު ކަނޑަށް ފުންމާލި އެވެ. އޭގެ ފަހުން އޭނާ ފެނިފައެއް ނުވެ އެވެ.




ގުޅުންހުރި
ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތުނެގުން ކުރިޔަށް ދަނީ
މަރުވި ދެ ގައިދީންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވައިފި
ކާބޯތަކެތީގެ އަގު ބޮޑުނުވެ މިރޯދަމަހުވެސް ލިބޭނެ: ސަރުކާރު
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު
ހުއިފިލަނޑާތަކުގެ މައްސަލައިގައި ފުލުހަކު ސަސްޕެންޑުކޮށްފި
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ