މާލެއަށް ދަތުރު ކުރަމުން ދަނިކޮށް އަލިފާން ރޯވެ، އަނދައި ހުލުވި ހޮޅުދޫ ބޯޓުން ގެއްލުނު އަލީ މުޝްފިގު މުހައްމަދު ހޯދުމުގެ މަސައްކަތް ކަނޑުމަތިންނާއި ޑައިވްކޮށްގެން އަދި ވައިގެ މަގުން ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ
މައުލޫމާތު ލިބިފައިވާ ގޮތުގައި ލ. އަދި ތ. އަތޮޅާއި މާލެއާ ދެމެދު ދަތުރުކުރާ ލ. އަތޮޅަށް ނިސްބަތްވާ އެ ބޯޓުގައި ރޭ ރޯވީ ތ. ކަނޑޫދޫން މުދާ ބަރުކޮށްގެން، މާލެއަށް ދިއުމަށް ދަތުރު ފެށިތާ ކުޑައިރުކޮޅެއް ތެރޭގަ އެވެ. ބޯޓުގައި އަލިފާން ރޯވި އިރު، ކެޕްޓަނާއެކު 18 މީހުން ތިބި ކަމަށެވެ.
އޭގެތެރެއިން 17 މީހަކު ސަލާމަތް ކުރި ނަމަވެސް އުމުރުން 25 އަހަރުގެ މުޝްފިގު ފެނިފައެއް ނުވެ އެވެ. ’ހަފްތާ‘ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯޓުގައި އަލިފާން ރޯވުމުން މުޝްފިގު ކަނޑަށް ފުންމާލި އެވެ. އޭގެ ފަހުން އޭނާ ފެނިފައެއް ނުވެ އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، މުޝްފިގު ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢާޒީ، އެފްއައިސީ މާފަތް، އެޗްޕީ 114، ޑައިވަރުންނާއި އެއާ ކޯގެ ޑްރޯން އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ގުޅިގެން ކަނޑުމަތިންނާއި ޑައިވްކޮށްގެން އަދި ވައިގެ މަގުން ކުރަމުން އަންނަ ކަމަށެވެ.




1 Comment
ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް