މެއި 21, 2025

ދަރިފުޅަށް އަހަރެއް ވަންދެން އަނިޔާދީ މަރާލުމަށްފަހު ހަށިގަނޑު އަންދާލި މަންމަ ޖަލަށް

ސިންގަޕޫރު: ހަތަރު އަހަރުގެ ދަރިފުޅަށް އަނިޔާކޮށް މަރާލި މަންމައަކު ޖަލަށް ލައިފި އެވެ.

އުމުރުން 29 އަހަރުގެ ފޫ ލީ ޕިންގް ޖަލަށްލީ އޭނާގެ ހަތަރު އަހަރުގެ ދަރިފުޅު މެގަން ކަންގަށް އަހަރެއް ވަންދެން އަނިޔާ ދިނުމުގެ ސަބަބުން 2020 ވަނަ އަހަރު އެ ކުއްޖާ މަރުވި މައްސަލައިގަ އެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ތިން ދައުވާއެއް ސާބިތުވެ 19 އަހަރަށް ޖަލަށްލާން އިއްޔެ ހުކުމް ކުރި އިރު, އޭނާގެ އޭރުގެ ލޯބިވެރިޔާއަށް ވަނީ 30 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފޫ އާއި އޭނާގެ ލޯބިވެރިޔާ ވަނީ މެގަންގެ ގައިގާ ތަޅައި އަނިޔާކޮށްފަ އެވެ. އަދި ކާން ނުދީ ބަނޑަށް ބަހައްޓައި, ބެލްކަނީގައި އެކަނި ނިންދަވައި, ނަޖިސް ހޭކިފައި ހުންނަ ނެޕީ ބޮލުގައި އަޅުވައި, އެ ކުއްޖާއަށް ޑަސްޓްބިނުން އެއްޗެހި ހޮވައިގެންނާއި އަރިދަފުސް ރޯގާވެސް ކާން ދިން ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

އެ އަނިޔާތަކުގެ ތެރެއިން މެގަން މަރުވީ ބަނޑުގައި ޖެހުމުގެ ސަބަބުން 21 ފެބްރުއަރީ 2020ގަ އެވެ. މެގަން މަރުވުމަށްފަހު ދެ މަހާއި ބައި ވަންދެން ބޭއްވުމަށްފަހު ދަގަނޑު ތާންގިއަކަށް ލައި އެ ކުއްޖާގެ ހަށިގަނޑު ވަނީ އަންދާލައިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މެގަންގެ ހަށިގަނޑު އަންދާލަން ނިންމީ, ހަށިގަނޑެއް ނައްތާލާނެ ގޮތެއް ހޯދުމަށް ކުރި ދިރާސާތަކަށްފަހު އެވެ.

މެގަންގެ މަރު ފަޅާ އެރީ, އޭނާގެ ބައްޕައަށް ހަބަރެއް ނުވެ ގިނަ ދުވަސްތަކެއް ވުމުން ކަންތައްތަކެއް ޝައްކު ވެގެން ޖުލައި 2020 ގައި ފުލުހުންނަށް މައްސަލަ ހުށަހެޅުމުންނެވެ. އެ ރިޕޯޓާ ގުޅިގެން ފޫ އާއި އޭނާގެ ލޯބިވެރިޔާ ޖުލައި 2020 ގައި ހައްޔަރުކުރި އިރު, މެގަންއަށް ދިން އަނިޔާގެ މަންޒަރުތައް ގޭގެ ކެމެރާއަށް އަރާފައި ހުއްޓެވެ.

6 Comments

  • Sithu Sithey އޭޕްރިލް 5, 2025

    😡

  • Hussain Ali Zuhair އޭޕްރިލް 5, 2025

    ނުބާ ނުލަފާ އަނހެނެއް މި ކަހަލަ މީހުން މަރަށް ވީ ހަމަށް ޖަލަކަށް ނޫން ލާންވީ 😡😡😡😡😡

  • Sharu Thana އޭޕްރިލް 5, 2025

    😡😡😡

  • Ziyadha Anwar Ziya އޭޕްރިލް 5, 2025

    😡😡😡😡😡

  • Hawwa Adam Shif އޭޕްރިލް 5, 2025

    Jalah laane kameh nei. Hama egothakah kanthah koffa maraalaa 😡😡😡

  • Saaji Shafeeg އޭޕްރިލް 6, 2025

    AsthagfiruAllah

Leave a Reply to Hawwa Adam Shif Cancel reply