މި ސީޒަނަށްފަހު މެންޗެސްޓާ ސިޓީ ދޫކޮށްލަން ނިންމާފައިވާކަން އެ ކްލަބަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ތަރި, ކެވިން ޑި ބްރޭނާ އިއުލާންކޮށްފި އެވެ.
ޑި ބްރޭނާ, 33, ސިޓީ އާއެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. ސިޓީން މި ސީޒަން ފެށިގެން ޑި ބްރޭނާގެ އެއްބަސްވުން އާ ކުރަން ވާހަކަ ދައްކަމުން އައި ނަމަވެސް، މިދިޔަ ސެޕްޓެމްބަރު މަހު އޭނާ އަށް ދިމާވި ފަލަމަސްގަނޑުގެ އަނިޔާގެ ކަންކަމާ ހެދި މަޝްވަރާތައް އޮތީ މަޑުޖައްސާލައިފަ އެވެ.
ޖަރުމަނުގެ ކުލަބް ވުލްފްސްބާގް އިން 2015 ވަނަ އަހަރު ސިޓީ އަށް ޑި ބްރޭނާ ބަދަލުވީ 63 މިލިއަން ޑޮލަރަށެވެ. ސިޓީއާ އެކު ޑި ބްރޭނާ ވަނީ 16 ތަށި ހޯދައިފަ އެވެ. އޭގެ ތެރޭގައި ހަ ޕްރިމިއާ ލީގާއި 2023 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ހިމެނެ އެވެ.
ސިޓީ ދޫކޮށްލަން ނިންމިކަން އިއުލާންކޮށް ޑި ބްރޭނާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ, ކޮންމެ ވާހަކައަކަށްވެސް ނިނމުމެއް އަންނާނެ ކަމަށާއި ނަމަވެސް މިއީ އޭނާގެ ވާހަކައިގެ އެންމެ ހިތްގައިމު ޗެޕްޓަރު ކަމަށެވެ.
”މިއީ އަބަދުވެސް އަހަރެންގެ ގެއަށް ވާނެ. މިދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި އަހަންނަށް ސިޓީއަށާއި ކްލަބަށާއި ސްޓާފަށާއި ޓީމް މޭޓުންނަށާއި ރަހުމަތްތެރިންނަށައި އާއިލާއަށް ކޮށްދިން ހިދުމަތަށް ޝުކުރު އަދާ ނުކުރެވޭނެ,“ ޑި ބްރޭނާ ބުންޏެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ދި ބްރޭނާއަކީ އިނގިރޭސި ވިލާތުގައި މިހާތަނަށް ކުޅުނު އެންމެ މޮޅު އެއް މިޑްފިލްޑަރު ކަމަށް ބުނެފަ އެވެ.

2 Comments
ގުޅުންހުރި
ކުއްލި ގޮތަކަށް މަރުވި ކޫބެއަކީ އިރަމްގެ ފިރިމީހާ، ކައިވެންޏަށް އަދި އަހަރެއް
ފުވައްމުލަކުގައި ކަރަންޓުގައި ޖެހިގެން ޒުވާނަކު މަރުވެއްޖެ
ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ 515 ދުވަސް ފަހުން ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ
ސިނގިރޭޓް މަނާކުރުމުގައި ގިނަ މީހުން ބޭނުންވި ގޮތާ ހިލާފަށް ނިންމީ އިހުތިރާމް
އެމްޑީޕީ އޮތީ އެކަތިގަނޑެއްގެ ގޮތުގައި، ދައުވާކޮށްގެން ފަހަތައް ނުޖެއްސޭނެ: ސޯލިހު
ކުޑަކުއްޖަކު ލައްވާ އޮރިޔާންކާޑު އުފެއްދި މީހަކު 20 އަހަރަށް ޖަލަށް