ރައީސް ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތުގެ ލިވަޕޫލް ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންނެވި އިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ރަސްމީ ދަތުރެއްގައި މިއަދު އުޒްބެކިސްތާނަށް ފުރާވަޑައިގެންފި އެވެ.
ރައީސް މުއިއްޒު، ލިވަޕޫލަށް ވަޑައިގެންނެވީ މި މަހުގެ އެއްވަނަ ދުވަހު އެވެ. ރައީސްގެ އެ ދަތުރުފުޅަކީ އިނގިރޭސި ވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކްލަބް، ލިވަޕޫލް އެފްސީއާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރެެއްވި ދަތުރުފުޅެކެވެ.
އެ ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން ފަށާ ފުޓުބޯޅަ މެޗު ބައްލަވާލައްވައިފަ އެވެ. އޭގެ އިތުރުން ޔުނިވާސިޓީ އޮފް ލީޑްސްއަށް ޒިޔާރަތް ކުރައްވައި އެ ޔުނިވާސިޓީގެ އިސްވެރިންނާއި ލީޑްސް ސެންޓްރަލް އެންޑް ހެޑިންގްލީގެ މަޖިލިސް މެންބަރާ ބައްދަލުކުރެއްވި އެވެ.
ރައީސްގެ ދަތުރުފުޅުގައި އިނގިރޭސި ވިލާތުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާވެސް ބައްދަލުކުރެއްވި އެވެ.
އެ ދަތުރުފުޅަށްފަހު ރައީސް މިއަދު ރާއްޖެ ވަޑައިގެންނެވި އިރު، މަޖިލިސް ރައީސް އަބްދުއްރަހީމް އުޒްބެކިސްތާނަށް ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގަ އެވެ. އެ ދަތުރުފުޅަކީ އިންޓަ-ޕާލިމެންޓްރީ ޔުނިއަންގެ 150 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މަޖިލިސް އިދާރާ އިން ބުނާ ގޮތުގައި އެ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް، މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފު ބައިވެރިވެވަޑައިގަންނަވަ އެވެ.




ގުޅުންހުރި
ތަރައްގީގެ 206 މަޝްރޫއެއް ހިންގުމަށް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފި
ކޮޅަށް މި ޖެހީ ބަނގުރޫޓު ކޮށްލުމަށް ޑިޒައިން ކޮށްފައިވާ އިގުތިސާދެއް: ރައީސް
ފުވައްމުލަކާއި އައްޑޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި
ވަރުގަދަ އަސްކަރީ ބާރެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ވާޖިބެއް: ރައީސް
އަމާޒަކީ ހިތަދޫއާ ހުޅުދޫ އާއި މީދޫ ގުޅުވައިލުމުގެ ބުރިޖުގެ މަސައްކަތް އަންނަ
ހުޅުދޫ އާއި މީދޫގެ ނިންމުމާއެކު، ތަރައްގީގެ އެތައް މަސައްކަތްތަކަކަށް މަގުފަހިވާނެ: ރައީސް