ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުން މުހައްމަދު ވަހީދު ވަކިކޮށްފި އެވެ.
މުހައްމަދު ވަހީދު އެޗްޑީސީގެ ބޯޑަށް ހަމަޖެއްސީ ޑިސެމްބަރު 2023ގަ އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ އެޗްޑީސީގެ ޑިރެކްޓަރުގެ މަގާމުން މުހައްމަދު ވަހީދު މިއަދު ވަކިކޮށްފައިވާ ކަމަށެވެ.
އޭނާ ވަނީ މީގެ ކުރިން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ހައުސިން މިނިސްޓްރީގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.
މުހައްމަދު ވަހީދަކީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެ ސްކީމުން ގޯތި ލިބުނު ކަމަށް ވަގު ލިޔުންތަކެއް ތައްޔާރުކޮށް ވަގަށް ގޯތިތަކެއް ވިއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ބޯޑުން ސަސްޕެންޑުކޮށް، ޕާސްޕޯޓު ހިފެހެއްޓި އެކަކެވެ.

2 Comments
ގުޅުންހުރި
ޑިވެލޮޕްމަންޓް ބޭންކަށް އައްޔަންކުރި ހަމައެކަނި ދިވެހި ބޭފުޅާ ވެސް އިސްތިއުފާ ދެއްވައިފި
ބިމެއް ވިއްކާނެ ކަމަށް ބުނެ މީހެއްގެ އަތުން ބައި މިލިއަން ނެގި
ވަގު ގޯތި މައްސަލަ: އެޗްޑީސީން ފިޔަވަޅު އެޅި މުވައްޒަފުންގެ ސަސްޕެންޝަން އުވާލައިފި
އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖެއްސި ފަރާތްތަކަށް ރައީސްގެ ޝުކުރު
އައްޔަންކުރިތާ 7 މަސް، ޑިވެލޮޕްމެންޓް ބޭންކުގެ ސީއީއޯ ވެސް އިސްތިއުފާ ދެއްވައިފި
އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފިފްޝީން ވަކިކޮށްފި