އޯގަސްޓް 20, 2025

އިޒްރޭލު ޕާސްޕޯޓް މަނާކުރުން ލަސްވާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ދިވެހި ސަރުކާރުން، އިޒްރޭލް ޕާސްޕޯޓް މަނާކުރުން ލަސްވާތީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލަ ޕީއެންސީގެ މެޖޯރިޓީގެ އޮންނަ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކެންދޫ ދާއިރާގެ އެމްޑީޕީގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު ވަނީ އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށް ހުށަހަޅައިފައިވާ ބިލާމެދު ގޮތެއް ނުނިމި ލަސްވަމުން ދާތީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފައެވެ.

މައުރޫފް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރާނެ ކަމަށް ސަރުކާރުން ޖޫން، 2024، ގައި އިއުލާނު ކުރި ނަމަވެސް އެކަން ކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށެވެ.

”އިސްރާއީލުގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އައުން މަނާކުރުމަށް، 2 ޖޫން 2024 ގައި އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް އިމިގްރޭޝަން ގާނޫނަށް އިސްލާހެއް ހުށަހެޅުމާއެކު، ހަމަ އެދުވަހުގެ ވަގުތެއްގައި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަވައި، އިސްރާއީލުގެ ޕާސްޕޯޓު މަނާ ކުރުމަށް ސަރުކާރުން ނިންމަވައިފައިވާކަމަށް އިއުލާނުކޮށްފައިވީ ނަމަވެސް، މިއަދާ ހަމައަށް މިކަމުގައި އަމަލީ ސިފަ ޖެއްސުމަށް ސަރުކާރުގެ ފަރާތުން އެއްވެސް މަސައްކަތެއް ކުރަމުންދާކަމަކަށް ނުފެނޭ،“ އެ ގަރާރުގައި ބުނެފައިވެ އެވެ.

އެ ކުއްލި މައްސަލައާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނާޒިމް ވިދާޅުވީ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް, އަޙްމަދު ނާޒިމް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ކުއްލި މައްސަލަ ހުށަހެޅޭނީ ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތަށް އަސަރު ކުރާނެ ކުއްލި ކަމެއް ސީދާ ދިމާވުމުން އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ކަމަށެވެ.

ނާޒިމް ވިދާޅުވީ ގަވާއިދުގައިވާ ގޮތުން ކުއްލި މައްސަލައަކީ ހުށަހަޅާފައިވާ ބިލެއް ނުވަތަ މައްސަލައެއްގައި ހިނގާނެ ބަހުސަކާ ގުޅޭ ކަމަކަށް ވާން ނުޖެހޭނެ ކަމަށެވެ.

އެހެންވެ މައުރޫފު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ޝަރުތު ހަމަނުވާ ކަމަށް ރިޔާސަތުން ނިންމެވި އެވެ.

6 Comments

  • Ibrahim Abdul Rahmaan އޭޕްރިލް 7, 2025

    Shukuriyya Dr Mohamed Muizzu

  • Gb Arth އޭޕްރިލް 7, 2025

    Munaafigunge amalaa bahaa dhimaeh nuvaane.

  • Zahira Hasan އޭޕްރިލް 7, 2025

    Rufiyaagaden libeyne

  • Raz Abdul އޭޕްރިލް 7, 2025

    😡

  • Comex Moje އޭޕްރިލް 7, 2025

    Laaadheeneee baeh neygunu

  • شفاء آمنة އޭޕްރިލް 8, 2025

    އުންމަތުގެ ބައެއް އެއްކޮށް ކޮށާ ކުދި ކުރަމުންދާއިރު ޣާފިލު ކަމުގެ ނިދިން އަޅުގަނޑުމެން ހޭލާނީ ފަހެ ކޮންއިރަކުންތޯ؟ سبحان الله

    ތިބާއަށް ވީ ގޮތަކަށް ކޮންމެ އެހީތެރިކަމެއް ޣައްޒާއަށް ކޮށްދިނުމަކީ މިއަދު އަޅުގަނޑުމެން މުސްލިމުންގެ ބޮލުގައި އެޅިފައިވާ ބޮޑު ޒިންމާއެއް ނޫންތޯ؟

Leave a Reply to Comex Moje Cancel reply