އޭޕްރިލް 16, 2025

ބާރު ލިބޭ ދުވަހަކުން އެމްޑީޕީން އިޒްރޭލް ޕާސްޕޯޓު މަނާކުރުން އުވާލާނެ: ފަލާހު

އެމްޑީޕީއަށް ބާރު ލިބޭ ދުވަހަކުން އިޒްރޭލު ޕާސްޕޯޓް މަނާކުރުން އުވާލާނެ ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަންގެ ގާނޫނަަށް އިސްލާހު ގެންނަނަށް 30 މެއި 2024 ގައި މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އެވެ. އޭނާ ބިލު ހުށަހެޅީ ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުންގެ ގޮތުގައި އިޒްރޭލް ޕާސްޕޯޓް ގެންގުޅޭ މީހުންނާއި އެހެން ގައުމެއްގެ ޕާސްޕޯޓް ގެންގުޅޭ އިޒްރޭލު މީހުންނަށްވެސް ރާއްޖެ އެތެރެނުވެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އަކުރެއް އިތުރުކުރުމަށެވެ.

އެ ބިލާމެދު ގޮތެއް ނިންމުމަށް އިއްޔެ ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މިކާއީލް ހުށަހެޅުއްވި ގޮތް ބަދަލުކޮށް، 7 އޮކްޓޫބަރު 2023 އިން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާމެދު ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް އަންނަންދެން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުމަކީ މަނާ ކަމެއް ކަމަށް ގާނޫނުގައި ހިމެނުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ އިސްލާހު ކޮށްފައިވަނީ  ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

އެ ބިލަށް ވޯޓަށް އެހުމުގެ ކުރިން ބިލާ ގުޅިހެން ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ 2023 ވަނަ އަހަރު ނިމުނުއިރު ވެސް އިޒްރޭލް މީހުން ރާއްޖެ އެތެރެވުން މަނާކުރަން ކުރީގެ ސަރުކާރުން ބޭނުންނުވި ކަމަށެވެ. އެމްޑީޕީގައި އެކަން ކުރުމުގެ ނިޔަތެއް ވެސް ނެތް ކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ އިޒްރޭލު މީހުން ރާއްޖެ އައުން ހުއްޓުވަން ކެރުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.

”ހިތާމައަކީ މާދަމާ އެމްޑީޕީއަށް ބާރެއް ލިބުނަސް އިޒްރޭލް ރައްޔިތުންނަށް މި ގައުމަށް އަންނަން ފުރުސަތު ލިބޭނެ. އެ ބޭފުޅުންނަށް މަޖިލީހުގެ ބާރު ލިބިއްޖިއްޔާ މަޖިލިސް މެދުވެރިކޮށް އެ ބޭފުޅުންގެ ސަރުކާރެއް އޮވެއްޖިއްޔާ ސަރުކާރު މެދުވެރިކޮށް އެ ދުވަކީ އިޒްރޭލް ރައްޔިތުންނަށް އަނެއްކާވެސް މި ގައުމުގެ ބީޗުތަކާއި މޫދު ތަންތަނުގައި ފަތަން ފުރުސަތު ލިބޭ ދުވަސް،“ ފަލާހު ވިދާޅުވި އެވެ.

އިޒްރޭލު ޕާސްޕޯޓް މަނާ ކުރާ ބިލުގެ މަސައްކަތް ކޮމިޓީން ކުރިއިރު އެ ބިލަށް މަޝްވަރާ ހޯދުމަށް އެމްޑީޕީއަށް ދައުވަތު ދިން ނަމަވެސް އެމްޑީޕީއަށް ބައްދަލުވުމަށް ހާޒިރުނުވާ ކަމަށް ފަލާހު ވިދާޅުވި އެވެ.

ޕީއެންސީ އިޒްރޭލު ޕާސްޕޯޓު ކަންކަމުގައި ގެންގުޅުނީ ހެޔޮ ނިޔަތުގައި ކަމަށާއި ނަަމަވެސް އެފަދަ ނިޔަތެއް އެމްޑީޕީގައި ނެތް ކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލަސްތީނު ފަދަ މުސްލިމް އަހުންނާއި އުހުންތުން ތިބި ގައުމަކަށް އިޒްރޭލުން އެފަދަ އަނިޔާތަކެއް ދެމުންދާއިރު ރައީސް މުއިއްޒުގެ ސަރުކާރުން ބަލަން ނުތިބޭނެ ކަމަށް ފަލާހު ވިދާޅުވި އެވެ. މި ނިންމުމުގެ ސަބަބުން ގައުމު ”ބަޑަށް ޖެހުނަސް“ ފަރުވާލެއް ނެތް ކަމަށާއި އެކަން މިއަދު ދައްކައިދީފައިވާ ކަމަށް ފަލާހު ވިދާޅުވި އެވެ.

”އެމްޑީޕީން މި ބިލު ހުށަހެޅީ އިޒްރޭލް ޕާސްޕޯޓު މަނާ ކުރުމުގެ ނިޔަތެއްގައެއް ނޫން. އެ ހުށަހެޅުއްވި މެންބަރު ނުވަތަ އެމްޑީޕީގެ ނިޔަތަކަށްވީ، އަޅުގަނޑުމެން މިކަމެއް ނުކުރާނެއޭ، ކޮށްފި ނަމަ މި ގައުމުގެ އިގްތިސޯދު ފުނޑުފުނޑުވާނެއޭ، މި ގައުމުގެ ބަޑަށް ޖެހޭނެއޭ، އެެހެންވީމަ އަޅުގަނޑުމެންނަށް ސިޔާސީ ގޮތުން މި ގައުމަށް ވަރަށް ބޮޑު ގެއްލުމެއް ލިބެނޭއޭ. އެއީ އެމްޑީޕީގެ ނިޔަތް،“ ފަލާހު ވިދާޅުވި އެވެ.

21 Comments

  • Mohamed Waheed އޭޕްރިލް 15, 2025

    Oil dhamah v nun mihaaru baaru eba othennun

  • Aish Sharu އޭޕްރިލް 15, 2025

    MDP tha mihaaru verikamuga othy?!!!! Mihaaruves ekan nuvegen thiulheny… Ehn meehungevahaka bahtaa 🙏😏

    • Zulaikha Abdullah އޭޕްރިލް 15, 2025

      Vaanuvaa ga thelhey baeh verikan mi kuranee

  • Noo Ali އޭޕްރިލް 15, 2025

    ކަލޯ ބޮޓޭކޯ ކޮން ނިޔަތެއްގަ ތިހެން ތިބުނީ . އެހެން މިބުނީ ފަހުން އަނެއްކާ ކަލޯ ބުނާނެ ކުރީންބުނި އެތި ކެންސަލްއޭ … ޔާމީނު ކަލޯ އައް ސަލާމް ބުނި

  • Zahira Hasan އޭޕްރިލް 15, 2025

    Baarulibigen PN see anvevunikiyen mihaaruves hurihaa askaree meehunan nathanyaahooan miraanje ereygothan foniagaen onnani vaakamen balhumas musaarakaigen thibeni

  • Morgan Rex އޭޕްރިލް 15, 2025

    Mee mihen bunnan mihaaru kuri kameh palestine mahsalaiga ves mi aalaathun amihla maslahathu iskoh vote aa magaamu hoadhan mi masakai kuranee

  • Xiya Saleem އޭޕްރިލް 15, 2025

    ބާރުއޮތް ބޭފުޅުން ކިޔެއްބާ މިކުރަނީ

  • Muhammadh Rixwi އޭޕްރިލް 15, 2025

    Falaah Kaley thee tha kalaange akee kuri ah vaane Kan Kan kiyaidheyn 😡

  • ابرحيم نشيد އޭޕްރިލް 15, 2025

    އިސްރާއިލްގެ ޕާސްޕޯޓު މަނާ ތިކުރީ ޕީއެންސީގެ ވެރިކަން އިތުރައް ދަމަހައްޓާނެ ގޮތެއް ދެން އިތުރައް ފެންނަން ނެތީމައި ރައްޔިތުންގެ ކުރިމަތި ލުންތަކައި ރައްދެއް ދޭން ނުކެރިގެން
    އަބަދުވެސް ހެދެނީ ދޮގު ދެންވެސް އިތުރައް ވެސް ހެދެނީވެސް ދޮގު
    ދޮގު ވަޅުލަން ދެން އޮތްގޮތަކީ އިސްރާއިލް ޕާސްޕޯޓު މާނާ ކުރުން
    ކޮންމެހެނެއް ދީން ހިމާޔާތް ކުރުމުގެ ނިޔަތަކުނޫން

  • Ali Hafeex އޭޕްރިލް 15, 2025

    miqaumuge raiyyathun nah jehifa oiy bodu buraeh mahaku 82000 rufiyaa dheegen bodu beethaaeh rangalhah gandeh balaagen ves kiyan neyngey

  • Fathimath Binth Ibrahim އޭޕްރިލް 15, 2025

    Ehen meehunna nuvebala.thima men ge baaru libun dhuvahu rayyithaku ruhey kahala kameh veythoa balaabala

  • Shareefa Manike އޭޕްރިލް 15, 2025

    Inshaa Allah
    Dhen efadha baareh rayyithun MDP akah nudheyne

    • Ismail Isse އޭޕްރިލް 15, 2025

      Shareefa Manike baaru veri faraathun dhenves ebaaru dhevaane iraadha kurehvihyaa thikahla munaafigunge kibain mi gaumu salaamah vaane

    • Middleton Edward އޭޕްރިލް 15, 2025

      Kaley ufaakuraneetha rajjeyga israel meehun mithaa viyafarikureema dheen verikamah deken ulhey baeh dhivehinakee

  • Farishath Fathimath އޭޕްރިލް 15, 2025

    Ah kaley vihyya MDP eyee

  • Maryam Niyasa އޭޕްރިލް 15, 2025

    Pressure boduvegen namakah kurikamehthee

  • Choice Shah އޭޕްރިލް 15, 2025

    މިހިރަ މޮޔަ ފަގީރު ފަލާހު ތަނކޮޅެއް ހަމަޖެހޭ ރައްޔިތުން ގަބޫލްކުރާކަހަލަ ވާހަކެއެއް ދައްކަންވެއްޖެއްނު މުއިއްޒުގެ ވެރިކަމުގަ ދީނީމީހުން އަނގަބަންދުކޮށްފި

  • Dhudhoo Fate އޭޕްރިލް 15, 2025

    Ayyomaa 😂😂😂😂😂

  • Dhudhoo Fate އޭޕްރިލް 15, 2025

    MDP aa alhai ganegen netten neygigen mi baigan’du ulheynee

  • Nasrullah Kamaldeen އޭޕްރިލް 15, 2025

    Munaasibu noon vaahaka dhakkamun e gendhanee.

  • Saphy Ally އޭޕްރިލް 15, 2025

    Majilis ga vaahaka dhakkan furusathu hoadhaigen thedhuve MDP ey noonee kiyaane eccheh hama noaananee tha mi bai gandah 🙄

Leave a Reply to Morgan Rex Cancel reply