ކ. އަތޮޅުގެ ރިސޯޓެއްގެ ވޯޓާ ވިލާތައް ކައިރިން ފެނުނު ކިނބޫ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އެމްއެންޑީއެފް އިން ބުނީ ވަރު-ބައި އެޓްމޮސްފިއާ ރިސޯޓު ކައިރިން ފެނުނު އެ ކިނބޫ ހިފައި، ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
”މާލެ އަތޮޅު ވަރު-ބައި އެޓޮމޮސްފެއާ ކައިރިން ފެނުނު ކިނބޫ މިހާރު ވަނީ ހިފައި، އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައި،“ އެމްއެންޑީއެފް އިން ބުންޏެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން ށ. އަތޮޅު ފަރުކޮޅު ނަމަކަށް ކިޔާ ފަޅުރަށަކުން ބޮޑު ކިނބުލެއް ވަނީ ފެނިފައެވެ. މި ކިނބުލުގެ ދިގު މިނުގައި ގާތްގަނޑަކަށް 12 ވަރަކަށް ފޫޓު ހުންނާނެ ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.




3 Comments
ގުޅުންހުރި
ރޯވި ދޯނީގެ ބައިތައް އޮޔާދާތީ ސަމާލުވާން އެދިއްޖެ
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެނޭ
ރޯވި ސަފާރީގައި ތިބި 17 ފަތުރުވެރިންނާއި އަށް ފަޅުވެރިން ސަލާމަތްކޮށްފި
ރާއްޖެއިން ހިފެހެއްޓި ޑްރަގު ބޯޓު ލަންކާއާ ހަވާލުކުރަނީ
ހުޅުމާލޭ ފަޅުގައި އޮތް އުޅަނދެއްގައި ރޯވެ އަނދަނީ