ޖޫން 7, 2025

ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ރައީސަކު ހުވާކުރަން ޖެހޭނީ ސާފު އަގުލަބިއްޔަތު ލިބިގެން: ފައްޔާޒު

ދެވަނަ ބުރަކަށް ގޮސް ވެރިޔަކު ހޮވުމުގެ ނިޒާމުގެ ބަދަލުގައި، އެއް ބުރުން އިންތިހާބު ނިމޭ ގޮތަށް ހެދުމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ދެކޮޅު ހައްދަވައިފި އެވެ.

އެއްބުރުން ރިޔާސީ އިންތިހާބު ނިންމުމުގެ ނިޒާމެއް ގާއިމުކުރުމަށް ފެނޭތޯ ބެލުމަށް، މި އަހަރުގެ ތެރޭގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށްދިއުމާ ގުޅޭ ގޮތުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން މަޝްވަރާ ކުރައްވައިފަ އެވެ. އަދި ރައީސް މިއަދު ވަނީ އެ މަނިކުފާނު ވަކާލާތު ކުރައްވަނީ ޕްރިފެރެންޝަލް ވޯޓިން ނިޒާމަކަށް ކަމަށް ވިދާޅުވެފަ އެވެ

އެކަމާ ދެކޮޅުކަން ހާމަކުރައްވައި ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިހާބީ ނިޒާމަށް ގެންނަން ހުށަހަޅާ ބަދަލުތަކަކީ ވޯޓުލާ މީހުންގެ ހައްގުތައް ހަނިކުރެވޭ ބަދަލުތަކަކަށް ވެގެން ނުވާނެ ކަމަށެވެ.

އަދި ރާއްޖެ ފަދަ ކުޑަ ގައުމެއްގައި، މަދު ގަޑިއިރުތަކެއް ތެރޭ ވޯޓު ގުނައި ނަތީޖާ އިއުލާނު ކުރެވޭއިރު، އިންތިހާބީ ރައީސަކު ހުވާ ކުރައްވަން ޖެހިވަަޑައިގަންނަވާނީ ވޯޓުލާ އާބާދީގެ އަގުލަބިއްޔަތު ލިބި، ސާފު މެންޑޭޓަކާއެކު ކަމަށްވެސް ވިދާޅުވި އެވެ.

”ކޮރަޕްޝަނަށް އެތައް މިލިއަން ރުފިޔާއެއް ގެއްލި، ބޭކާރު ސިޔާސީ ހަރަދުތައް އާދަޔާ ހިލާފަށް އިތުރުވެފައިވާއިރު [ހަރަދު ކުޑަކުރުން] ނަމުގައި ގެންނަން ހުށަހެޅި މި ބަދަލުގެ ފަހަތުގައި އެއްވެސް އިހުލާސްތެރިކަމެއް ނެތް،“ ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވަކިވަކިން ބޭއްވުމަކީ ގާނޫނުއަސާސީގައި ބަޔާންކުރާ ކޮންމެހެން ބޭނުންތެރި ސިފައެއް ކަމަށާއި އެ ދެ އިންތިހާބު އެއްކޮށްލުމަކީ ސަރުކާރަށް ފާރަވެރި ޖަވާބުދާރީވުމަށް މަޖިލީހަށް އޮތް ޒިންމާ އަދާކުރުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށެވެ.

ނަމަވެސް ފައްޔާޒު ވަނީ ރިޔާސީ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބު އެއްކޮށްލުމަށް ތާއީދު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ލޯކަލް ކައުންސިލްތަކާއި މައި ސަރުކާރުގެ ތަސައްވުރުތައް އެއްގޮތް ކުރުމުން ތަރައްގީގެ އެޖެންޑާތައް މިހާރަށްވުރެ ރަނގަޅަށް ތަންފީޒު ކުރަން ފުރުސަތު ލިބިގެންދާނެ އެވެ.

އެހެންކަމުން މިކަމުގައި ފުޅާ ދާއިރާއެއްގައި ބަހުސްކޮށް މަޝްވަރާ ކުރަންޖެހޭ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.

4 Comments

  • Dhee Naa އޭޕްރިލް 21, 2025

    haradhu kuda kuran kuran jehey kameh mee

  • Abdulla Zaheen އޭޕްރިލް 21, 2025

    ރާއްޖެފަދަކުޑަ އަދި އިޤތިޞާދީ ވަޞީލަތްތައް މަދު ޤައުމެއްގެ މާލިއްޔާއިން ޕާޓީ ތަކަށް ފައިސާދީގެން ވެސްނުވާނެ. އެއީ ޕާޓީތަކުން ޤައުމަށް ޣައްދާރުވެ އަމިއްލަ ޖީބަށް ބޮޑުކުރާތީ.

  • ޤައުމާއި ސިޔާސަތު އޭޕްރިލް 21, 2025

    ރާއްޖެފަދަ ޤައުމެއްގަ އަގުލަބިއްޔަތެއް އޮންނާކަށް ނުވެސް ޖެހޭ.
    ރާއްޖެ ފަދަ ކުޑަ ޤައުމެއްގަ ޕާޓިތަކެއްވެސް އޮންނަކަށް ނުޖެހޭ.
    ރާއްޖެ ފަދަ ކުޑަ ޤައުމެއްގަ ކޮންމެ ދެމަފިރިއަކަށް ޕާޓީއެއް، ނޫހެއް، ޓީވީ ޗެނަލެއް، ހަޔަރ އެޑިޔުކޭޝަން އިންސްޓިޓިއުޝަނެއް އޮންނާކަށް ނުޖެހޭ.
    ރާއްޖެ ފަދަ ކުޑަ ޤައުމެއްގަ ދުނިޔޭގަ ނުގަންނަހާ ބޮޑު މަޖިލީހެއްވެސް އޮންނާކަށް ނުޖެހޭ.
    ރާއްޖެ ފަދަ ކުޑަ ޤައުމެއްގަ 50 ހަކަށް މިނިސްޓްރީވެސް އޮންނާކަށް ނުޖެހޭ.
    ރާއްޖެ ފަދަ ކުޑަ އަދި މާލީގޮތުން ނުތަވަސް ޤައުމެއްގަ މާލިއްޔަތާ ނުބައްދަލު މުދާރަތައްވެސް ދޭކަށް ނުޖެހޭ
    އިނގޭތޯ Fayyaz Ismail

  • Ahmed Ibraahim އޭޕްރިލް 21, 2025

    ގިނައިން ކެވޭނީ ގިނަބުރުއޮވެގެންތާ

Leave a Reply to Dhee Naa Cancel reply