ސައުދީ ލީގަށް ކުޅެމުން އަންނަ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ވަރަށް ގަޔާވާ ކުޅުންތެރިއެއް ކަމަށާއި ނަމަވެސް އެންމެ މޮޅު ކުޅުންތެރިއަކީ ލިއަނަލް މެސީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޗެނަލަކަށް ދެއްވި އިންޓަވިއު އެއްގައި ގްރޭޓަސްޓް އޮފް އޯލް ޓައިމްސް (ގޯޓް) އަކީ ކޮބައިތޯ ޕްރެޒެންޓަރު ސުވާލު ކުރުމުން ރައީސް ވިދާޅުވީ، އެއީ މެސީ ކަމަށެވެ. ނަމަވެސް ރައީސްއަކީ މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓަރެކެވެ.
”ރޮނަލްޑޯއަކީ، ޔެސް އައި ވެރީ ލައިކް ހިމް އަ ލޮޓް. ވަރަށް ވަރަށް މޮޅު ޕްލޭޔާއެއް. ބަޓް މެސީ އިސް އަ ބިޓް ބެޓާ ހިމް ފޮޓްބޯލީ ވައިސް… ރޮނަލްޑޯގެ ވިސްނުންވެސް އައިޑިއޮލޮޖީވެސް މާރަނގަޅު. އޭނަ ގަބޫލުކުރާ ގަބޫލުކުރުންތައްވެސް މާ ރަނގަޅު. އެކަމަކު ޓެކްނިކަލީ ފުޓްބޯލީ ވައިސް މެސީ އިސް ދަ ބެސްޓް،“ ރައީސް ވިދާޅުވި އެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއަކާމެދު ގިނަ ބަޔަކު ބަހުސް ކުރެ އެވެ. ހާއްސަކޮށް ރޮނާލްޑޯ އާއި މެސީގެ ފޭނުންގެ ތެރޭގައެވެ.
މެސީ ވަނީ އޭނާގެ ކެރިއަރުގައި މިހާތަނަށް 46 ތަށި ހޯދައިފަ އެވެ. ރޮނާލްޑޯއަށް ހޯދުނީ 35 ތައްޓެވެ. އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު (ބެލެންޑިއޯ އެވޯޑް) މެސީ އަށް ފަހަރު ހޯދާފައިވާއިރު ރޮނާލްޑޯ ވަނީ އެ މަގާމު ފަސް ފަހަރު ހޯދައިފަ އެވެ.




15 Comments
ގުޅުންހުރި
ނޮވެމްބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވައިފި
ވިސްނުން ބަހައްޓަންވީ ގައުމާ އެއްކޮޅަށް، އޭރުން މިނިވަންކަން ދެމިއޮންނާނެ: ރައީސް
ކޮޅުވެއްޓި ބަންޑުން ޖަހާލުން: ހާލު ސީރިއަސްވި ދިވެހި ޒުވާނާ ވެސް މަރުވެއްޖެ
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ބިދޭސީއަކު މަރުވެއްޖެ
ކޮޅުވެއްޓިއެއް ބަންޑުން ޖަހާލުން: އަނިޔާވި މީހުންގެ އަދަދު 6 އަށް
ރައީސް މައުމޫނަށް ނޮވެމްބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ އަރުވަނީ