ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީ ފޮ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުރި ދާއޫދު އަހުމަދު ސަސްޕެންޑް ކުރުމަށާއި ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީ ފޮ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން މަގާމުގައި ހުރި އިޒްދިޔާން މުހައްމަދު މައުމޫން ވަކިކުރަން ނިންމައިފި އެވެ.
އިޒްދިޔާން އާއި ދާއޫދަކީ އިމާރާތެއްގެ ނުވަ ވަނަ ބުރިން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނާގެ މައްސަލައިގެ ތެރެއިން ’ޕާޓީ‘ ކުރި ކަމަށް ތުހުމަތުވާ ދެ މީހުންނެވެ. އެ މީހުންނަށް މަސްތުވުމާއި ޖިންސީ ފުރައްސާރައިގެ ބޮޑެތި ތުހުމަތުތަކެއް ވެސް ކުރެވެ އެވެ.
އެ ދެ މީހުންނަށް ފިޔަވަޅު އަޅާފައި މިވަނީ އެ މީހުން ވަކިކުރުމަށް ގޮވާލައި ރޭ މާލޭގައި މުޒާހަރާކޮށްފައި ވަނިކޮށެވެ.
ދާއޫދަކީ ”ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ“ގެ ރައީސް އެވެ. ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅުވީ ދާއޫދު އެ ކޮމިޓީން އިސްތިއުފާ ދޭން ހުށަހެޅުމާއި ގުޅިގެން ރައީސް އެ ކޮމިޓީން މިއަދު އޭނާ ވަކިކުރައްވާފައިވާ ކަމަށެވެ. އަދި ރައީސް އޮފީހުގައި އޭނާ ހުރި މަގާމުން ސަސްޕެންޑް ކުރީ މުސާރަ ނުލިބޭ ގޮތަށް ކަމަށްވެސް ވިދާޅުވި އެވެ.

7 Comments
ގުޅުންހުރި
ޗައިނާއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ: ރައީސް
8 ދުވަސް ތެރޭ 4 އަތޮޅެއްގެ 30 ރަށަށް؛ ދަތުރުފުޅަށްފަހު ރައީސް
ރަށްރަށުގެ ހައުސިން ޔުނިޓްތަކުގެ ޑައުންޕޭމަންޓް 10،000ރ. އަށް ކުޑަކުރާނަން: ރައީސް
މީޑިއާ ފެންޑާ ތަޅާލައިފި
ގަތަރަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
ރައީސް އޮފީހުގެ މިނިސްޓަރެއްގެ ފެންވަރުގެ މަގާމެއް ފަހުމީއަށް