އިމާރާތެއްގެ ނުވަ ވަނަ ބުރިން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނާ ވެއްޓުމުގެ ކުރިން ބޭއްވި ކަމަށް ބުނާ ޕާޓީގައި ބައިވެރިވި މީހުންގެ ފޮޓޯ ފުލުހުން މިއަދު އާންމުކޮށްފި އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ ޔުމްނާ ވެއްޓުނު މައްސަލައިގެ ތަހުގީގުގައި މިހާރު އޭނާ އާއެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ އެންމެންގެ ބަޔާން ނަގާފައި ކަމަށާއި އެ އެންމެން ފުރުން މަނާކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން އެ މީހުން އެރޭ ވަދެފައިވާ ގެތައް ފާސްކުރަން ކޯޓު އަމުރު މިހާރު ލިބިފައިވާ ކަމަށާއި އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ޕްރެސް ކޮންފަރެންސްގައި ފުލުހުން ފޮޓޯ އާންމުކުރި މީހުންގެ ނަން:
- ރައުދު އަހުމަދު ޒިލާލު
- އައިޝަތު ލަޔާލީ އިގުބާލު
- އިޒްދިޔާން މުހައްމަދު މައުމޫން
- ޔޫސުފް އަހުމަދު އަކްރަމް
- ޔޫސުފް ޔައްސާރު އަބްދުލްގަފޫރު
- އާމިނަތު ޖުނައިނާ ޖަމްޝީދު
- ހުސެއިން ހަމީސް އަލީ
- އިޖާޒް ޖާއިޒު

6 Comments
ގުޅުންހުރި
އިމްރާންގެ ބޮޑު ތުހުމަތެއް: ޓެގު އަޅުވާފައި ދޫކޮށްލަނީ ރައީސްގެ ތިމާގެ ބޭފުޅުންނާއި
ވާނުވާ ބަންދުގައި ތިބި މީހުން ޓެގު އެޅުވުމަށްފަހު ދޫކުރަން ފަށައިފިން: ރައީސް
ފިރިހެނަކު މޫނުބުރުގާ އަޅައިގެން ފިހާރައަކަށް ވަދެ 67،500ރ. ގެ ގަޑިއެއް ވަގަށް
ރައުދު ދޫކޮށްލަން އެދުނީ އަދަބަށްވުރެ ބަންދުގެ މުއްދަތު އިތުރުވުމުން: ޕީޖީ
ޕީޖީން އެދިގެން ރައުދު ބަންދުން ދޫކޮށްލައިފި
ޓީޗަރަކު، ދަރިވަރެއްގެ އިނގިލި އަނބުރާލައި ހުޅުން ނައްޓާލި މައްސަލައެއް ބަލަނީ