މިދިޔަ ހުކުރު ދުވަހުގެ ދަންވަރު ހ. ފެންޓޯނިއާ ގޭގެ ނުވަވަނަ ބުރިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ޒިންމާ ނަގަން ޖެހޭނީ ބިރަކާ ނުލާ މަޖާކުރުން ޕްރޮމޯޓް ކުރި މީހުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ ފުރަތަމަ ފަހަރަށް އެ ހާދިސާއާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. އެ މަނިކުފާނު ވިދާޅުވީ، އެ ހާދިސާއަކީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށާއި އެކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ، މީގެ އަހަރުތަކެއް ކުރިން ބިރަކާ ނުލައި މަޖާކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްގެ ގޮތުގައި ޕްރޮމޯޓުކުރި މީހުން ކަމަށެވެ.
”މިހާރު މި ހިނގައިގެން އުޅޭ ހިތާމަވެރި، ވަރަށް ހިތާމަވެރި ހާދިސާއަށް ވިސްނާލާއިރުގައި ވެސް، މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަދި އިންސާފަށް ލޯބިކުރައްވާ ކޮންމެ މީހެއް ވެސް ގަބޫލުކުރައްވާނެ ގޮތުގައި، ބިރަކާ ނުލައި މަޖާ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ޕްރޮމޯޓް ކުރި މީހުން މީގެ އަހަރުތަކެއް ކުރިން،“ ރައީސް ވިދާޅުވި އެވެ
ރައީސް އެ ފާހަގަކުރައްވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ހުށަހެޅި ސިޔާސަތަކަށެވެ. ’މަޖާކުރުން: ބިރަކާ ނުލާ ފޫހިފިލުވުން“ ގެ ނަމުގައި އެމްޑީޕީން އެ ސިޔާސަތު ހުށަހެޅީ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ސިޔާސަތަށެވެ.
”އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން، ދީނުގައި ކަނޑައެޅިފައިވާ އިންތަކާއި މިންތަކާއި އުސޫލުތަކާއި ހަމަތަކަކީ އެއީ މާ މުހިންމު ކަމެއް ނޫނޭ، މަޖާކުރާށޭ، ޒުވާންކަމުގައި ތި ކުދިން ބޭނުންގޮތަކަށް އުޅޭށޭ ކިޔާފައި އެ ހިތްވަރުދިން މީހުން މިއަދު ސިޔާސީ ބޭނުމެއްގައި ނުކުމެ އެ ކުދިން މިސްޔޫސްކުރަމުންދާ ދިއުން ލޯހުޅުވައި ބަލަން އެބަޖެހޭ. އެ ކުދިން އެ މަގުން ދިޔައީ ސިޔާސީ އޮއިވަރެއްގައި ޖައްސައިގެން،“ މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

33 Comments
ގުޅުންހުރި
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި 23 ބާވަތް އެސްޓީއޯ އިން ބާޒާރަށް
ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: އާއްޓޭގެ ބަންދަށް 15، ދިގަލީގެ ބަންދަށް
އެމްއޭސީއެލް އިންވެސް ރަސްމާލެ ހިއްކަން ފަށަނީ, މިއީ އެތަން ހިއްކަން ހަވާލުވާ
ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ 5 މީހަކާއި ބިދޭސީން ރެކްރޫޓްކުރާ
މައުންޓް ލެވޮޓޮބީ ލަކި-ލަކި އަނެއްކާވެސް ގޮވައިފި, އަޅިތައް 10 ކިލޯމީޓަރު އުހަށް
ދަތުރު ކުރަމުންދިޔަ ބަހެއްގައި ރޯވެ 20 މީހަކު ފިހިގެން މަރުވެއްޖެ