މެއި 20, 2025

ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ހޯދަން ފުލުހުން ވަރަށް މަސައްކަތް ކުރަންޖެހޭ: ސީޕީ

ރައްޔިތުންގެ ލޯބްތާއި އިހުތިރާމާއި އިތުބާރު ހޯދުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އަދި ވަރަށް މަސައްކަތް ކުރަންޖެހޭ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު ރޭ ވިދާޅުވެއްޖެ އެވެ.

ސީޕީ މިހެން ވިދާޅުވެފައި މިވަނީ ހެންވެއިރުގެ ގެއެއްގެ މަތިން އެ ގެއާ ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ކުއްޖަކު ވެއްޓުނު މައްސަލައިގައި ނާއިންސާފުން އަދި ކަންތައްތަކެއް ފޮރުވަން ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު އަމާޒުވެފައި ވަނިކޮށެވެ. އެ މައްސަލައިގައި ފުލުހުންނާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއްވެސް ވަނީ ފަށައިފަ އެވެ.

ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ ރާއްޖެއަށް މަލްޓި ޕާޓީ ޑިމޮކްރަސީއެއް ތައާރަފުވެގެން އައި ހިސާބުން ފުލުހުންގެ ތަސައްވުރާ ދޭތެރޭ ސުވާލު އުފެދޭ ކަންކަން ހިނގާފައިވާ ކަމަށާއި މިއަދު އެ ކަންކަމުން އިބުރަތް ލިބިގެން ކުރިއަށްދާން މަސައްކަތް ފަށާފައިވާ ކަމަށެވެ.

އަދި ކުރި އަރާފައިވާ ގައުމުތަކުގައި ދޭ ފަދަ ހިދުމަތެއް ރާއްޖޭގެ ފުލުހުންގެ ފަރާތުން ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.

”ދިވެހި ފުލުހުންގެ ހިދުމަތަކީ ރައްޔިތުންގެ ލޯތްބާއި އިހުތިރާމު ލިބިފައިވާ މުއައްސަސާއަކަށް ހެދުމަށް ވަރަށް ގިނަ ކަންކަން އަދި ވެސް ކުރަންޖެހޭކަން ގަބޫލުކުރަން. ފުލުހުންނާއި ރައްޔިތުންގެ ގުޅުން މި ހާރަށްވުރެ ހަރުދަނާ ކުރަންޖެހޭ. ހުށަހެޅޭ މައްސަލަތައް މިހާރަށްވުރެ އަވަހަށް ނިންމަންޖެހޭ. މައްސަލަތަކުގެ ވާނުވާ، މައްސަލަތައް ހުށަހަޅާ ފަރާތްތަކަށް މިހާރަށްވުރެ ހަރުދަނާކޮށް އަންގަން އެބަޖެހޭ،“ ސީޕީ ވިދާޅުވި އެވެ.

ރައްޔިތުންނަށް ހިދުމަތް ކުރުން ނޫން އިތުރު އެއްވެސް މަގުސަދެއް ދިވެހި ފުލުހުންގެ ނޯންނާނެކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ، ރައްޔިތުންގެ އަމާންކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ފުލުހުން ވާނެ ކަމަށެވެ.

”ދިވެހި ފުލުހުންގެ ހިދުމަތަކީ ރައްޔިތުންނަށް އަނިޔާވެރިވާނޭ ހިދުމަތެއް ނޫން. ދިވެހި ފުލުހުންނަކީ އަނިޔާވެރިވާނޭ ބައެއް ނޫން. ވަކިވަކި ފުލުހުންގެ ވަރަށް މަދު ހާލަތްތަކެއްގައި ފެންނަ ކަންކަން އެއީ މުޅި ހިދުމަތް ރަމްޒުކޮށްދޭ ކަމަކަށް ނުހެދުން އެދެން،“ ސީޕީ ވިދާޅުވި އެވެ.

23 Comments

  • Mohamed Ahmeem Adam އޭޕްރިލް 25, 2025

    Fuluhunge ithubaaru rayyathunah gehlijje… siyaasy nufoozun dhogu hadhaa hedhi dhogu falhaa ereema dhen noo kulaige uniform ge agu e vettunee … Allah gandhee kuri huvaa siyaasy verinah vikkaaleema dhen elheynee hus lha ehchehi …

  • Ameen Faisal އޭޕްރިލް 25, 2025

    Ehen kamah vaa nama 7 February 2012 ge bagaavaai ge insaaf rahyathun nah hodhaa dhehva

  • Moomina Adam އޭޕްރިލް 25, 2025

    Kaaku ithubaaru kuraa baehthy hadhany husdhogu

  • Farishath Fathimath އޭޕްރިލް 25, 2025

    Dhen nulibeyne

  • Zahira Hasan އޭޕްރިލް 25, 2025

    Hadhaan nanthaila

  • Saaif Ahmed އޭޕްރިލް 25, 2025

    Thy vaane kameh kamakah nubelevey dhn

  • Monaj Mon އޭޕްރިލް 25, 2025

    ދެނެއް ތިބުނާ އިތުބާރެއް ރައްޔިތުންގެ ކިބައިން ނުލިބޭނެ ތިމުއައްސަސާ އަކީ ބޭކާރު ތަނެއް ރައްޔިތުންގެ ޓެކްސް ފައިސާއިން ބޭކާރު ޚަރަދު ނުކޮށް ފުލުހުންގެ މުއައްސަސާ އުވާލުން މާރަގަޅު ވާނެ

  • Shifau Mohamed އޭޕްރިލް 25, 2025

    Nulibeyne

  • Maryam Yumna އޭޕްރިލް 25, 2025

    Isthiufaa dhineema maa bodahves loabi libey ne

  • Adam Kky އޭޕްރިލް 25, 2025

    Kaleymen thee faile vefa vaaba eh. Vaki kamakun nun hurihaa kamakun

  • Aishath Nasiha އޭޕްރިލް 25, 2025

    Rahyyithunge loaiybeh noon hoadhan veekee Allaah ,s,w,a, gandhee kurin huvaage matheega thibeveytho huvayaa ehgothah Amal kureveytho ,suvaal kureveydhuvas annaane Kan engi hure dhogu nuhadhan vee adhi dhoguheki vess nudhen vee

  • Mohamed Shaam އޭޕްރިލް 25, 2025

    Ithubaarakee eh ves bayakah aslu dheegen nuvaane haggen thimaamennaky kon fadha bodu huvayeh koffa eh huvayah haraan koaru vamun dhaa bayeh hedhdhevi faraaith heki Koh huvaa koffa ekaman haraan koaru vaan kerunu bayaku rayyethunna vaki ihulaastheri eh vaanetha…

  • Mohamed Didi އޭޕްރިލް 25, 2025

    Now coming to senses!!!
    😎😎😎

  • Ahmed Haizoom އޭޕްރިލް 25, 2025

    Thibuna ithubaaru gelhijeh.

  • Mohamed Shaxmyn އޭޕްރިލް 25, 2025

    Thiulhey gothakah thikameh nuvaane Maldives Police Service

  • Mahuroo Aminath އޭޕްރިލް 25, 2025

    Rayyithunnah makaraa dhogu hadhamun dhaa bayakah kihineiy thi bunaa loabi hoadheynee?

  • Ynme Xiphaaph އޭޕްރިލް 25, 2025

    Correction:-
    Vazeefaa hifattan Siyaasee baaruhuri veringe loabi hoadhan jehey.

  • Haafiz Mohammed އޭޕްރިލް 26, 2025

    Nulibayne kithah massala mihaaruves hendhaalaagen thibeneethi.

  • Muna Ibbe އޭޕްރިލް 26, 2025

    Rayyithunge loabi hadhan furathama islaaamee usool gaaimu kurey.

  • Guiseppe Guiseppe އޭޕްރިލް 26, 2025

    Cp isthiufaa thy makaruverieh hurihaajareemaeh foruvugaenme iskohhuree cp

  • Mohamed Mode އޭޕްރިލް 26, 2025

    2012 ވަނަ އަހަރު ފުލުހުންގެ އަގު ވެއްޓިއްޖެ

  • JA Reema އޭޕްރިލް 26, 2025

    Sodey sodey haadha sodey

  • Dhee Naa އޭޕްރިލް 27, 2025

    ކަންކަން މަނާކޮށް ހުއްޓުވާ ބަޔަކަށް ދުވަހުކުވެސް މަނާ ކަންތައް ކުރަން ބޭނުންވާ މީހުންގެ ލޯބެއް ނުލިބޭނެ. މި ރާއްޖޭގަ ރާނުބޮވިގެން ޕާޓީނުކުރެވިގެން އުޅޭ ވަރަށް އިނގެރޭސިވެފަ ތިބި ޒުވާނުންތަކެއް އެބަ ބޮޑެތިވޭ. އެމީހުން އުޅެންބޭނުންވަނީ މެކްސިކޯގެ ގޭންގްތަކުގަ އުޅޭ މީހުން އުޅޭގޮތަށް މިތާގަވެސް އުޅެން. އެމީހުން ފުލުހުންދެކެ ލޯބިވާނެ ގޮތެއް އެއީ ނެތްގޮތެއް. މިހާރު މުޒާހަރާ ކުރަމުންދާ ޒުވާނުންގެ ތެރޭގަތިބީ ފެމިނިސްޓުންނާ، ދީނަށް ޖޯކުޖަހާ މީހުންނާ، ނާޗަރިަންގީ ކުޅޭ ޒުވާނުން.

Leave a Reply