CllzuI9lVoc6QDCD3LXjre7RotX0FkBuUZvOJgx6

ދިވެހިން ދިރިއުޅެމުން މިދަނީ ކޮވިޑުގެ ހާލަތަށްވުރެ ދަތި ތަކުލީފު ތަކާއެކު: ގަޕޯ

މ
23 ނޮވެމްބަރު 2026 13:172 މިނިޓުގެ ކިޔުން
Aa

ދިވެހި ރައްޔިތުން މިއަދު ދިރިއުޅެމުން މިދަނީ ކޮވިޑް-19ގެ ހާލަތަށްވުރެ ދަތި އުދަނގޫ ތަކުލީފުތަކާއެކުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުއްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަޕޯ ވިދާޅުވީ, 2027 ވަނަ އަހަރު ނިމޭއިރު ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިންމަންޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނާއިރު, އެކަށީގެންވާ މިންގަނޑެއްގައި އެކަން ކުރިއަށް ނުދާ ކަމަށެވެ. އެގޮތުން ބައެއް ރަށްރަށުގައި 90 ޕަސެންތް މަސައްކަތް ނިމިފައި ހުރި ނަމަވެސް އެކަން އޮތީ ހުއްޓިފައި ކަމަށް ވިދާޅުވި އެވެ.

"ހައްތަހާވެސް އައުޓްޑޯ ޖިމްއަކާއި ޕޮލިސް ސްޓޭޝަނަކާއި ރިކްރިއޭޝަން ސެންޓަރެއް އަޅާތަން މި ފެންނަނީ. މި ތިނެތި އެއްކޮށްލީމަވެސް ތިން މިލިއަން ރުފިޔާ ނާރާނެ. މިއީތޯ ރަށްރަށަށް ހައްގުވާ މިންވަރަކީ," ގަޕޯ ވިދާޅުވި އެވެ.

ރާއްޖޭގެ ހާލަތު ދާނީ އެއް ދުވަހަށްވުރެ އަނެއް ދުވަހު ދަށްވަމުންކަން ފާހަގަކޮށް އޭނާ ވިދާޅުވީ, މިދިޔަ އެއްވެސް ސަރުކާރަކުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި ޕެންޝަން ފަންޑުގައި އަތްލާފައި ނެތް ކަމަށެވެ.

ނަމަވެސް މި ސަރުކާރުން އެ ތަންތަނުގައި ހުރި ފައިސާ ވެސް ބޭނުންކުރުމުގެ ސަބަބުން, އެ ތަންތަން ހުރީ ބަންދުކުރާ ހިސާބުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްއޭސީއެލް އޮތީ ހަމަ ރަނގަޅަށް ފުނޑާލާފައި. ބޭންކް އޮފް މޯލްޑިވްސް އެ އޮތީ ހުއްޓުމަކާ ގާތަށް އައިސްފައި. ޕެންޝަން ފަންޑުގައި ހުރި ހުރިހާ ލާރިއެއް ނަގާފައި އެ އޮތީ. އިތުރަށް މި ގައުމުގައި އެއްވެސް ކަހަލަ ކާރިސާއެއް ދިމާވެއްޖެއް ނަމަ ދެން ނޭވާލާނެ ޖާގައެއް ނެތް. މިއީ މި ގައުމު މިއަދު އޮތް ހާލަތު," ގަޕޯ ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.