Police investigation

އުމްރާއަށް ގެންދަން 109 މީހަކު އަތުން އަސްކޮއެ އިން ފައިސާ ނެގި، ޚިޔާނާތްތެރިވި ފައިސާގެ އަދަދު 2.6 މިލިޔަނަށް ވުރެ ބޮޑު

ގ
22 ނޮވެމްބަރު 2026 21:271 މިނިޓުގެ ކިޔުން
Aa

އުމްރާއަށް ގެންގޮސްދޭނެ ކަމަށްބުނެ ގިނަ އަދަދެއްގެ މީހުން އަތުން ފައިސާ ނެގުމަށް ފަހު އެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި އަސްކޮއެ ޓްރެވަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން ވިދާޅުވީ، އަސްކޮއެ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިއުމަށް 109 މީހަކު ފައިސާ ދައްކާފައިވާ ކަމަށެވެ. އަދި އެ ފައިސާއަށް އެގްރޫޕުން ހިޔާނާތްތެރިވެފައިވާކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

އަސްކޮއެ ޓްރެވަލް ސަރވިސަސް ގެ ފަރާތުން ޚިޔާނާތްތެރިވެފައިވާ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރާކަމަށް ފުލުހުންވަނީ ބުނެފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އަސްކޮއެ ގްރޫޕުން އުމްރާއަށް ގެންގޮސްދޭނެ ކަމަށްބުނެ ގިނަ އަދަދެއްގެ މީހުންގެ އަތުން ފައިސާ ނަގައި، އެފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގު ނިންމައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ، މި ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.



މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.