WhatsApp Image 2026-11-22 at 12.23.03

އެލައިޑުން މިފަހަރު މި އޮތް ދެނީ އައިފޯން 18 ޕްރޯ މެކްސް!

މ
22 ނޮވެމްބަރު 2026 14:271 މިނިޓުގެ ކިޔުން 55
Aa

އެލައިޑް އިންޝުއަރެންސް އިން "އެލައިޑް އައިފޯން ޑްރޮޕް"ގެ ދެވަނަ ގިވްއަވޭ ކެމްޕެއިން ފަށައިފި އެވެ.

އެލައިޑް އިންސްޓަގްރާމް ފޮލޯވަރުންނަށް އަމާޒުކޮށްގެން އެލައިޑުން ކުރިއަށް ގެންދާ މި ގިވްއަވޭ ކެމްޕެއިނަކީ މި އަހަރުގެ ތެރޭގައި ހުޅުވާލި ދެވަނަ އައިފޯން ގިވްއަވޭ އެވެ. އެލައިޑް އައިފޯން ޑްރޮޕްގެ ފުރަތަމަ ގިވްއަވޭ ކުރިއަށް ގެންދިޔައީ މާޗުން އޭޕްރިލްއަށެވެ. އެ ފަހަރު އެލައިޑުން ދިނީ އައިފޯން 17 ޕްރޯ މެކްސްއެކެވެ.

އެ ގިވްއަވޭއަށް ގިނަ ބައެއްގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާއެކު އެލައިޑުން މިފަހަރު ދޭން ނިންމާފައިވަނީ, އައިފޯން 18 ޕްރޯ މެކްސްއެކެވެ. މިފަހަރުގެ ގިވްއަވޭ ކުރިއަށް ގެންދަން ނިންމާފައިވަނީ 31 ޑިސެމްބަރު 2026ގެ 23:59ގެ ނިޔަލަށެވެ.

މި ކެމްޕެއިނުގައިވެސް ބައިވެރިވުމަށްޓަކައި ކުރަންޖެހޭ ކަމަކީ:

1. އެލައިޑް އިންޝުއަރެންސްގެ ރަސްމީ އިންސްޓަގްރާމް ޕޭޖް ފޮލޯކުރުން.

2. އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ މި ކެމްޕެއިނާ ގުޅޭ ޕޯސްޓަށް ލައިކެއް ދީ.

3. އެ ޕޯސްޓުގައި ތިން އެކުވެރިން ޓެގުކޮށްލާ

އެލައިޑުން ބުނީ, ބޯނަސް އެންޓްރީއެއްގެ ގޮތުގައި ޕޯސްޓް އިންސްޓަގްރާމް ސްޓޯރީއަށް ޕޯސްޓް ކުރުމަށްފަހު އެލައިޑް އިންސްޓަގްރާމް އެކައުންޓް ޓެގު ކުރެވޭނެ ކަމަށެވެ. އަދި ކޮންމެ ކޮމެންޓެއްގައި ތަފާތު ތިން އެކުވެރިން ޓެގު ކޮށްގެން, ކޮންމެ މީހަކަށް އެއް ފަހަރަށްވުރެ ގިނަ ފަހަރު ކެމްޕެއިނުގައި ބައިވެރިވެވޭނެ ކަމަށް ބުންޏެވެ.

މި ގިވްއަވޭ ކެމްޕެއިނުގައި ބައިވެރިވެވޭނީ ދިވެހިންގެ އިތުރުން ރާއްޖޭގައި އުޅޭ މީހުންނަށެވެ. އަދި ގިވްއަވޭގެ ނަސީބުވެރިޔާ ހޮވުން އޮންނާނީ ގުރުއަތު ނަގައިގެންނެވެ. އެލައިޑްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން 14 ޖަނަވަރީ 2027 ގައި ގުރުއަތު ނެގުން ލައިވްކޮށް ދައްކާނެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.