ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރަން ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ރަނގަޅަށް ކަމަށް ހައިކޯޓުން ދެންމެ ހުކުމްކޮށްފިއެވެ.
ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ ހުކުމް ކުރުމުގެ އަޑުއެހުމަށްފަހު ހައިކޯޓުގެ މީޑިއާއިން ބުނީ، އެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމްގައިވަނީ، ޝާހިދު ހައްޔަރުކުރަން ކޮށްފައިވާ ކްރިމިނަލް ކޯޓުގެ އަމުރަށް ހައިކޯޓުން ތާއީދުކުރާ ކަމަށެވެ.
ޝާހިދުގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ.
އެ މައްސަލައާ ގުޅިގެން މި މަހުގެ 17 ވަނަ ދުވަހު ހައިކޯޓުގައި އަޑުއެހުމެއް ކުރިއަށް ގެންދިޔަ އެވެ.ސިއްރުކޮށްގެން ކުރިއަށްގެންދިޔަ އެ އަޑުއެހުމަށްފަހު ހަމަ އެ ދުވަހު ހައިކޯޓުން ވަނީ، މައްސަލައިގެ އަޑުއެހުންތައް އެ ދުވަހު ނިންމާލާފައިވާ ކަމަށާއި އިތުރު ކަމެއް ފާހަގަކުރަން ނެތް ނަމަ، ދެން އޮންނާނީ ހުކުމް އިއްވުމުގެ އަޑުއެހުން ކަމަށް ބުނެފަ އެވެ.
އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޝާހިދު ހައްޔަރުކުރީ 2 ނޮވެމްބަރު 2026 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުންނެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ޝާހިދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް މި މަހުގެ ތިން ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން އޭނާ 30 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.











ކޮމެންޓް